ads
ގޭސްލައިނެއްގެ ވޭލް އިންޖިނޭރުންތަކެއް ދޫކޮށްލަނީ
އީޔޫގެ 10 ގައުމަކުން ރުބެލްއިން ގޭހަށް ފައިސާ ދައްކަން ފަށައިފި
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ޑިމާންޑް ކުރެއްވި ގޮތަށް ޔޫރަޕްގެ ގިނަ ލީޑަރުން ރަޝިއިން ގޭސް ނުގަންނަކަމަށް ފާޅުގައި އިޢްލާން ކުރެއްވި ނަމަވެސް، އީޔޫގެ 10 ގައުމަކުން ޓެކްނިކަލީ ޕޫޓިންގެ ޕްލޭނާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށް ހަންގޭރީގެ އޮފިޝަލެއް ކަމަށްވާ ގެރެލީ ގުލިއަސް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ގުލިއާސް ވިދާޅުވާ ގޮތުގައި، މި ގައުމުތަކުގެ ލީޑަރުން މިކަމަށް އިއުތިރާފު ނުވަނީ ޔޫރަޕިއަން ޔޫނިއަންގެ "ރަނގަޅު" ގައުމެއްގެ ގޮތުގައި ތިބުމަށެވެ.

ގުލިއާސް ވިދާޅުވީ ހަންގޭރީއިން ރަޝިއާގެ ގެޒްޕްރޮމްބޭންކާއެކު ޔޫރޯ އެކައުންޓެއް ހުޅުވާފައިވާ ކަމަށާއި، އަދި ރަޝިއާގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގެ ކުރިން ޕޭމަންޓްތައް ރުބެލްސްއަށް ބަދަލުކުރާ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ޔޫރަޕުން ރަޝިޔާގެ ގުދުރަތީ ގޭސް ގަންނަ ފަރާތްތަކުން ބޯއެލަނބަނީ ރައީސް ޕުޓިންގެ ޑިމާންޑަށް ކަމށެވެ. 

ރައީސް ޕުޓިން މިދިޔަ މާޗް މަހުގެ ފަހުކޮޅު ވިދާޅުވީ "ރަހުމަތްތެރިކަމެއް ނެތް" ގައުމުތަކުން ރަޝިއާގެ ގައުމީ ފައިސާއިން ޕޭމަންޓްތައް ހަދަން ޖެހޭ ކަމަށެވެ. 

"ހަމަ މި ޕޭމަންޓް ސްކީމް ބޭނުން ކުރާ އިތުރު ނުވަ ގައުމެއް އެބައޮތް.  އެކަމަކު މިއަދު އީޔޫގެ "ރަނގަޅު" ގައުމަކަށް ވުމުގެ ވިސްނުމުގެ މާނައަކީ އެ ގައުމުތަކުގެ ވެރިން ނަކީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް އަދި އަމިއްލަ ރައްޔިތުންނާ ވާހަކަ ދައްކާއިރު ވެސް އިހުލާސްތެރި ބައެއް ނޫނޭ. އަދި މިގޮތަށް ގޭސް ގަންނަ ކަމަށް އެގައުމުތަކުން އެއްބަހެއް ނުވާނެ " ބޮޑުވަޒީރު ވިކްޓަރ އޯބާންގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން ގެންދަވާ ގުލިއަސް ވިދާޅުވިއެވެ.

"އެއްވެސް ޝައްކެއް އޮވެގެން ނުވާނެ، ރަޝިޔާއިން ރޯމެޓީރިއަލް އެތެރެކުރާ ގައުމުތަކުން ރަޝިއާގެ ގޭހަށް ފައިސާ ދެއްކުމަށް ބޭނުންކުރަނީ ހަމަ އެއް އުސޫލެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް