ads
އިހަވަންދޫ ސިއްހީ މަރުކަޒު ފޮޓޯ: ސަން
އިހަވަންދޫގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަނީ!
ހއ.އިހަވަންދޫގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާން ފަށާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލަރު އަހްމަދު ރިލްވާން ވިދާޅުވީ އެރަށުގައި މިހާރުވެސް ކެންސަރު ބަލީގެ ހަ މީހަކާއި، ޑައިލިސިސް ހަދަމުންގެންދާ ފަސް މީހަކު އެބަތިބި ކަމަށާއި އެއީ އެވަރުގެ އާބާދީއަކަށް ބަލާއިރު ގިނަ އަދަދެއް ކަމަށެވެ. 

"މިފަދަ އާބާދީ އަކަށް ބަލާއިރު މިއީ ބޮޑުއަދަދުތަކެއް." 3600 މީހުންގެ އާބާދީއެއް އޮންނަ އިހަވްނދޫ ކައުންސިލަރު ވިދާޅުވިއެވެ. 

އެރަށު ކައުންސިލުން ބުނީ ބަލިތައް އިތުރު ވުމުގައި ތަފާތު ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް އެރަށުގައި ބޭނުންކުރާ ސަޕްލައި ފެނަކީ ފެންވަރަންވެސް ބޭނުންކުރަން އެކަށީގެންވާ ވަރުގެ ފެނެއްނޫން ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އޭގެ އިތުރުން 23 ދޯނި މިހާރު ބަންނަމުންގެންދާ އެރަށުގައި ފައިބަރުގެ މަސައްކަތް ކުރާ ސަރަހައްދުގައި މީހުން އުޅުމުގެ ސަބަބުން އެމީހުންނަށާއި އެމަސައްކަތް ކުރާ މީހުން މަސައްކަތް ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބަުންވެސް ބަލިތައް ފެތުރިދާނެ ކަމަށް ލަފާ ކުރެއެވެ. 

ރިލްވާން ވިދާޅުވީ މިކަމާބެހޭ ގޮތުން މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކައުންސިލުން ހެލްތު މިނިސްޓަރާ ބައްދަލު ކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި، އެހެންނަމަވެސް މިހާތަނަށްވެސް އެއްވެސް ހައްލެއް މިކަމަށް އައިސްފައި ނުވާ ކަމަށެވެ. 

ކައުންސިލުން އިތުރަށް ބުނީ ކޮންމެ މަހަކު 15 ވަރަކަށް މީހުން އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްވެސް ދާކަމަށެވެ. 

މިމައްސަލަތަކަށޤ ހައްލު ހޯދުމަށް ކައުންސިލުން ތަފާތު މަސައްކަތްތައް ކުރަމުިން ގެންދާ ކަމަށްވެސް ރިލްވާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް