ads
އިންތި އަދި އަހްމަދު ޢަބްދުﷲ
ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއް ނޫން
ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އަހްމަދު ޢަބްދުﷲ، އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ސްލޯގަންއަކީ "ތިލަފަތުގެ ރަމްޒު" އެވެ. އިންތިގެ ކެމްޕެއިން ސްލޯގަންއަށް ފާޑު ވިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއް ނޫން ކަމަށެވެ.

ހިތްހަމަ ޖެހުނަސް ނުޖެހުނަސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫން އަދި ތިލަފަތަކީ އެއްވެސް މީހެއްގެ ރަމްޒެއްވެސް ނޫން.

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މެންބަރު އަހްމަދު ޢަބްދުﷲ ހުންނެވީ އިމްތިޒާޔާ ވާދަކުރައްވާ، އިކޮނޮކިމް މިނިސްޓަރ ފައްޔާޒް އިސްމާއީލުގެ ކޭމްޕުގައެވެ. ދެ ކޭމްޕުގެ ފޯރި އިންތިހާއަށް ގަދަވެފައިވާ އިންތިހާބު އޮންނާނީ މި މަހުގެ ސާދަވަނަ ދުވަހުއެވެ.

އަހްމަދު ޢަބްދުﷲ އާއި އިމްތިޔާޒް ފަހުމީ އަކީ މިހާރު ހިނގަމުންދާ ނަވާރަވަނަ މަޖިލީހުގެ އިތުރުން ސަތާރަވަނަ މަޖިލީހުގައިވެސް އެކުގައި މަސައްކަތް ކުރެއްވި ދެ މެންބަރުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް