ads
ގެއްލުނު މުހައްމަދު ސައީދު
ޑައިވިން އަށް ދިޔަ ސައީދު ގެއްލުން!
މޭ ދެވަނަދުވަހު ފުވައްމުލަކު ސިޓީ ޑައިވް މާސްޓަ މުހައްމަދު ސައީދު ޑައިވިން ކުރުމަށް ދިޔައީ ގެސްޓުންނަށް އެހީތެރި ވުމަކަށް ނޫނެވެ. އެހެންނަމަވެސް އޭނާ އެދުވަހު ދިޔައީ މަސް ހިފުމަށާއި އަދި ޑައިވިން ކޮށްލުމަށެވެ. އޭނާ ދިޔައީ އޭނާއާއެކު މަސައްކަތް ކުރާ މަހުމޫދު ފާއިޒު ގޮވައިގެންނެވެ.

ސައީދު ގެއްލުނު ހަބަރު ފެތުރިގެން ދިޔައީ އެދުވަހުގެ ހަވީރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފްއިން ހޯދަން ފެށީ ވެސް ހަމަ އެދުވަހުއެވެ.

ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރުވެސް ދަނީ ކުރަމުންނެވެ. ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި ކުރިއަށްގެންދަނިކޮށް ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާ ކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް 59 މީޓަރު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

your imageކޯސްޓު ގާޑުން ސައީދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

ސައީދު ބޭނުން ކުރި ކަމަށް ބެލެވޭ އާލާތް ފެނުނު ސަހައްދު ހުރީ ސްލޯޕެއްގޮތަށް އުފެދިފައި ކަމަށާއި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އޭނާ ހޯދުމަށް މިހާތަނަށް ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ވަނީ ބަލާފައެވެ.

އުމުރުން 44 އަހަރުގެ ސައީދު ހޯދުމުގެ މަސައްކަތް މިހާރު ފުޅާކޮށްފައިވާކަމަށާއި އެގޮތުން، ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާ އާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދު ފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަޢީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް ކޯސްޓްގާޑްއިން ފާހަގަ ކުރެއެވެ.

ގެއްލިގެން ހޯދަމުންދާ ސަޢީދު ޑައިވިނަށް ފޭބީ މިމަހުގެ ދެވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް ވެސް ބުނެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަކީ މިހާރު ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ޑައިވިން ޕޮއިންޓެކެވެ. ކޮވިޑްގެ ބަލިމަޑުކަމަށްފަހު ފުވައްމުލަކަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ދަތުރު ކުރަމުންނެވެ. 

your imageޑައިވަރު މުހައްމަދު ސައީދު

ސައީދުއާއެކު ދެން ޑައިވިނަށް ދިޔަ އެރަށު މަހުމޫދު ފާއިޒުވެސް މިހާރު ވަނީ ޗެމްބަރުގައި ފަރުވާ ދިނުމަށްފަހު މެޝިނުން ނަގާފައެވެ. އޭނާއަށް ފަރުވާ ދީފައިވަނީ ދ. ކަނޑިންމަ ރިސޯޓުގައެވެ. 

މަހުމޫދު ވަނީ އެހާދިސާ ހިނގާދިޔަ ގޮތް ބައެއް މީހުންނަށް ކިޔައިދީފައެވެ. މަހުމޫދުގެ އާއިލާއަށް ނިސްބަތްވާ ޑައިވަރެއް ކަމަށްވާ އަހުމަދު ރަޝާދު "އަދަދު" ނޫހަށް މައުލޫމާތު ދެމުން ބުނީ މަހުމޫދު މައްޗަށް އެރުމަށްފަހު ސައީދު 30 މީޓަރަށް މައްޗަށް ނެގުނު ކަމަށް ބުނި ކަމަށެވެ. 

your imageސައީދު ގެންގުޅުނު ކަމަށް ލަފާކުރެވޭ ދަގަނޑެއް

އެ އިންސިޑެންޓް ދިމާވީ އިންނަނީ 33 މީޓަރު އަޑިން ކަމަށާއި، ސައީދު އަޑިޔަށް ދާން ފެށިޔަސް އޭރު ސައީދު އަޑިއަށް ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށެވެ. ސައީދު އަމިއްލައަށް ދަނީ ކަމެއް ނުވަތަ ކަމެއް ދިމާވެގެން ސައީދު އަޑިއަށް ދަނީ ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަން މަހުމޫދަށް އެނގެނީ މާ ފަހުން ކަމަށްވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

މަހުމޫދުގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ 78 މީޓަރަށް ސައީދު ނަގަން މަހުމޫދު އަޑިއަށް ގޮސްފައިވާ ކަމަށައި، ސައީދު އަތު ޖެހުނީ އެހިސާބުން ކަމަށެވެ. އަދި ތިރީސް މީޓަރު މައްޗަށް ގެނެވުނުތަނާ އޮއިގަނޑެއްގައި ޖެހި މަހުމޫދުގެ އަތުން ސައީދު ދޫވީ ކަމަށެވެ. އަދި އެ ހިސާބުން މަހުމޫދަށް ސައީދު ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.

މިޔަރެއްގެ ހަމަލަ ސައީދަށް އައީ ކަމަށްވެސް ކުރިން ހަބަރު ފެތުރުނެވެ. އެހެންނަމަވެސް އެއީ ސައްހަ ހަބަރެއް ނޫނެވެ.  

7%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް