ads
ޖޫނިއާ ޓީޓީ ޓީމުގެ ދެ ކުޅުންތެރިން ރައީސް އަރިހުގައި
ޖޫނިއާ ޓީޓީ ޓީމު ކޭމްޕުކޮށްފި
އަންނަ ހަފުތާގައި މާލޭގައި ފަށާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމު ބީހައިވް ހޮޓެލްގައި ކޭމްޕުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތް ނިމެންދެން ޖޫނިއާ ޓީމު ތިބޭނީ ކޭމްޕުގައެވެ. މިއީ މި ގޮތަށް މުބާރާތަކަށް ޓީޓީ ޓީމު މާލޭގައި ކޭމްޕު ކުރި ފުރަތަމަ ފަހަރުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މަހުގެ ނުވަވަނަ ދުވަހު މާލޭގައި ފަށާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ބޫޓާން ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒު އެވެ. އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އެވެ. ދިވެހި ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް