ads
މޫސުން ގޯސް ދުވަހެއް
ބައެއް ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި!
ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 16:30 އަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ހިސާބު ތަކަށެވެ. 

މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އިންޒާރުގައި ބުނެފައިވަނީ، މި ސަރަހައްދުގެ ރަށްތަކަށް މި ވަގުތުތަކުގައި ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން މެޓް އޮފީހުން ބުނެފައިވަނީ، މި ވަގުތު ތަކުގައި މި ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

އަދި ދަތުރު ކުރާއިރު، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކޮށް، ރައްކާތެރި ކަމާއި އެކު ދަތުރު ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް