ads
ރައީސް ނަޝީދު އަދި އެމަނިކުފާނުގެ އާއިލާ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސް ކޮށްދިނުމަށް އާއިލާއިން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ އަށް އަހަރެއްވީ އިރުވެސް، މައްސަލަ ރަނގަޅަށް ތަހުގީގުކުރެވިފައި ނުވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮވާޒާތުގެ އެއްޗެއް ބޭނުންކޮށްގެން ބަޔަކު ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ހަވަނަ ދުވަހުގަ އެވެ. ހަމަލާ ދީފައި ވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަަށް އަރާވަޑައިގަންނަވަނިކޮށެވެ. 

ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައަށް އަހަރެއްވީއިރުވެސް ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތްނުނިމި ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށެވެ. 

ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ސެކިއުރިޓީ ސަބަބުތަކާ ހުރެ ނަޝީދު ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ހިންގަވަން ޖެހޭ ހަރަކާތްތަކާއި، ސިޔާސީ ގޮތުންނާއި އާއިލާ އަދި ގާތްތިމާގެ މީހުންނާ ހިންގަންޖެހޭ މުއާމަލާތްތަކަށް ބުރޫ އަރާފައިވާކަމަށެވެ. 

ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނަށް ދިން މިހަމަލާ ހިންގުމަށް ފައިސާ ޙަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ.

 

ހަމަލާ ދީފައި ވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަަށް އަރާވަޑައިގަންނަވަނިކޮށެވެ.

" އަޅުގަނޑުމެން މިދަނޑިވަޅުގައިވެސް މި އެދެނީ، މި ހަމަލާ ހިންގުމަށް ފައިސާ ޙަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް ހިންގަން. " 

މިކަމުގައި އަދުލު އިންސާފު ނުލިބޭތީ މުޖުތަމައުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމަށް އާއިލާޢިން ވަނީ ބުނެފަ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް