ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ، ދެ މޫސުން ބެދޭ ހިސާބަށް ދިއުމުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. 

މި ވިއްސާރައިގެ ސަބަބުން އެއް ދުވަހު ވާރޭ ވިފައި އަނެއް ދުވަހު ވައިގަދަވުން ފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ވައިގަދަވުންވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މެޓް އޮފީހުން ބުނީ، މި ދުވަސްވަރަކީ، ގިނަ ބަޔަކު އީދު ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ރަށަށް ދަތުރު ކުރާ ދުވަސްވަރެއް ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށްވެސް މެޓް އޮފީހުން ވަނީ އެދިފައެވެ. 

މީގެ އިތުރުން މެޓް އޮފީހުން ބުނީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ބޯޓު ނުވަތަ ލޯންޗަށް އަރާއިރު، އެ އުޅަނދުގެ ސަލާމަތީ ކަންކަން ރަނގަޅަށް ހުރިތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށައި، އުޅަނދުތައް ދުއްވާ ފަރާތްތަކުން ސަލާމަތީ އާލާއްތައް ހަމަޔަށް ހުރިތޯ ޔަގީން ކުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ޖާގައަށް ވުރެ އިތުރަށް މީހުން ނޭރުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. 

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުރުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް