ads
ޕީޕީއެމްގެ މެންބަރު ނަހުލާ އަލީ
ޕާޓީ ބަދުނާމުކޮށް ނަހުލާ އަލީ ހައްދަވަނީ ހުސް ދޮގު: ޕީޕީއެމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް ބަދުނާމުކޮށް ނަހުލާ އަލީ ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ބުނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ އެޕާޓީގެ މެންބަރު ނަހުލާ އަލީ ވަނީ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކު އެކައުންޓުގައި ޕާޓީ ބަދުނާމުކޮށް ވާހަކަ ދައްކާފައި ކަމަށެވެ.

ޕީޕީއެމްއިން ވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަށް ނަހުލާ އެންޓި ކެމެޕެއިން ކުރާކަމަށް ތުހުމަތުކޮށްފަ އެވެ. 

"ބައި-އިލެކްޝަން ގައި މި ޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރާ ކަމުގެ ހެކިވެސް އެބަހުރި. ޕާޓީ ބަދުނާމުކޮށް ވާހަކަ ދައްކާތީ މިހާރު އެ މައްސަލަވެސް ބަލަމުން ދަނީ." ނަހުލާ އަލީގެ މައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ އިސް އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

ޕީޕީއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެޕާޓީއާއި އެޕާޓީގެ ރައީސް އަބުދުﷲ ޔާމީނަށް ރައްދުވާގޮތަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނަހުލާ ދައްކަވަމުން ގެންދަވާ ކަމަށެވެ. 

ނަހުލާއާއި ގުޅުވައިގެން ތަފާތު އެކި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތި ވެފައިވެއެވެ. އެގޮތުން ކައުންސިލަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްވެސް ފާހަގަ ކުރެވެ އެވެ.

ޕީޕީއެމުން އިން ނަހުލާގެ ސުލޫކީ މައްސަލައެއް އަނެއްކާވެސް ބަލަމުންދާއިރު ކެފޭއެއް ހިންގުމުގެ އިތުރުން ކެމްޕެއިން ކުރުމާއި އެހެނިހެން ހަރަދު ކުރުމަށް ޖުމްލަ 1.6 މިލިއަން ރުފިޔާ ޒެޑް އެމްސީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ނެގުމަށްފަހު އެފައިސާ އަދާކޮށްފައިނުވާތީ އެކުންފުނިން މިދިޔަ އަހަރު ނަހުލާއާ ދެކޮޅަށް ދައުވާކޮށްފައި ވެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް