ads
ރަޝިއާ ސިފައިންގެ ޓޭންކަރެއް
ފެނަށް ޖެހި ޔޫކްރެއިންގެ އެތައް ބަޔަކު މަރުވެދާނެ ކަމުގެ ބިރު!
ރަޝިއާ ސިފައިން ހިފާފައިވާ ޔޫކްރެއިންގެ މުހިއްމު ސިޓީއެއް ކަމަށްވާ މަރިއުޕޯލްގައި ތާށިވެފައި ތިބި ޔޫކްރެއިންގެ ގިނަ ބަޔަކު ފެނަށް ޖެހި މަރުވެދާނެ ކަމަށް އެ ސިޓީގެ އޮފިޝަލުން ބުނެފިއެވެ.

ރަޝިއާ ސިފައިން ވަނީ މިދިޔަ މަހުގެ ތެރޭ މަރިއުޕޯލް އަށް ވަރުގަދަ ހަމަލާތައް ފޮނުވާލާ އެ ސިޓީގެ ފުރިހަމަ ބާރު ނަގާފައެވެ. ރަޝިއާއިން އެ ސިޓީގެ ކޮންޓްރޯލް ނެގިފަހުން އެ ސިޓީގައި ތިބި ޔޫކްރެއިންގެ ގިނަ ރައްޔިތުންނެއް ވަނީ އެ ސިޓީ ދޫކޮށް ގޮސްފައެވެ. އަދި ޔޫކްރެއިން ސަރުކާރުން ގެންދަނީ އެ ސިޓީގައި ތިބި ޔޫކްރެއިންގެ މީހުން އެ ސިޓީއިން ބޭލުމަށްވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. 

އެހެން ނަމަވެސް އަދިވެސް އެ ސިޓީގައި ޔޫކްރެއިންގެ ގިނަ ބަޔަކު ތާށިވެފައި ވާއިރު، އެ ސިޓީގެ ފެނުގެ ހިދުމަތް ކެނޑިފައި ވާކަމަށް އެ ސިޓީގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި އެ ސިޓީގެ ރިޒާވްގައި ހުރި ފެނުގެ އަދަދު މަދުވަމުން އަންނަ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ އެކަމަށް ހައްލެއް ނުލިބިއްޖެނަމަ ގިނަ ބަޔަކު ފެނަށް ޖެހި މަރުވެދާނެ ކަމަށް ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެ ސިޓީގެ ފެކްޓްރީއެއްގެ ތެރޭ ހިމާޔަތް ހޯދައިގެން ތިބި 200 އަށްވުރެ ގިނަ ޔޫކްރެއިން ސިފައިން ތިބިއިރު، އެ ފަރާތްތަކާއި ދެކޮޅަށް ރަޝިއާ ސިފައިން ގެންދަނީ ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތައް ފޮނުވާލަމުންނެވެ. 

މި ހަމަލާތަކާއި ގުޅިގެން ރަޝިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސިޓީގައި ތިބި ޔޫކްރެއިން ސިފައިންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ދިނުން ހުއްޓާލާނީ، އެތަނުގައި ތިބި، ސިފައިން އަމާން ދީ އެތަނުން ނިކުތުމުން ކަމަށެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް