ads
ދެ ކޮޅިގަނޑެއް އުފެދިއްޖެ، މާދަމާ ބާރުގަދަ ތޫފާނަކަށް ބަދަލުވެދާނެ
ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލްގައި އަދި ދެކުނު އިންޑިއާގެ ކަނޑުގައި ދެ ކޮޅިގަނޑެއް އުފެދި މާދަމާ ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރުދީފި އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ)އާއި ހަވާލާދީ އެގައުމުގެ ރިޕޯޓުތައް ބުނާގޮތުން ދެކުނު އަންޑަމަން ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި، ބެންގާލްގެ ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އެފެދުނު ލޯ ޕްރެޝަރެއްގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލުވާން ވަނީ ތައްޔާރުވެފައެވެ.

އެ ކޮޅިގަނޑު އާދީއްތަ ދުވަހު ކޮޅިގަނޑަކަށް ބަދަލުވެ، އަންގާރަ ދުވަހު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ތޫފާނަށް ނަންދީފައިވަނީ "އަސާނީ"ގެ ނަމުންނެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރަނީ، ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ މޫސުން ގޯސްވުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް