ads
އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން
އިންޑިއާގެ ސިފައިންނާއި، ބޫޓުކިބައެއް އިނަސް "އައުޓް"ކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފި
އިންޑިއާގެ ސިފައިންނާއި، ބޫޓުކިބައެއް އިނަސް "އައުޓް" ކޮށް، ގައުމަށްޓަކައިވެފައިވާ އަހުދު އާކޮށް ތެދުވުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
Advertisement

ތަފާތު ގޮތަކަށް ލިއުންކޮޅުވެސް ބައްޓަން ކުރައްވާ މިއަދު ރައީސް ޔާމީން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، "ބޫޓްސް އައުޓް"، "މިލިޓަރީ އައުޓް" އަދި އިންޑިއާގެ ދިދައިގެ އިމޯޖީއަކާއިއެކު "އިންޑިއާވެސް އައުޓް" ކުރުމަށެވެ.

އަދި ސިފައިންނަށް މުހާތަބު ކުރައްވާ ވިދާޅުވެފައިވަނީ، ވަފާތެރިކަމާއިއެކު ހިދުމަތްކުރައްވަމުން ގެންދަވާ ގައުމަށްޓަކައި ތެދުވުމަށް އެ ޓްވީޓުގައި ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ގައުމަށްޓަކައިވެފައިވާ އަހުދު އާކޮށް ލޯބިވާ ގައުމުގެ ހައްގުގައި ތެދުވުމުގެ ފުރުސަތު[ރައްޔިތުންނަށް] ދެއްވުމަށްވެސް ރައީސް ޔާމީންގެ އެ ޓްވީޓުގައި ވަނީ ގޮވާލައްވާފައެވެ.

މިއީ ރައީސް ޔާމީން ރަސްމީކޮށް ސޯޝަލް މީޑިއާ ބޭނުންކުރައްވަން ފެއްޓެވި ފަހުން ކުރެއްވި މިފަދަ ހަތަރުވަނަ ޓްވީޓެވެ. ބިސްމީގެ ބަރަކާތުން، ދިވެހި ދަރިއަކަށްވީތީ ފަހުރުވެރިވާކަމަށް ވިދާޅުވެ، މިދިޔަ އަންގާރަ ދުވަހު ކުރެއްވި ފުރަތަމަ ޓްވީޓަށްފަހު މުޅިންވެސް ޓްވީޓާގައި ފާޑުވިދާޅުވަމުން ގެންދަވަނީ އިންޑިއާ އަށާއި މިހާރުގެ ރާއްޖޭގެ ސަރުކާރަށެވެ. 

އަދި އިިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ޓްވީޓުގެ ޒަރިއްޔާއިން ރައީސް ޔާމީން ގެންދަވަނީ ކުރިއަށް ގެންދަވަމުންނެވެ. 

އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ގަރާރަށްފަހު، ފާޅުކަން ބޮޑުކޮށް މަގުމަތީގަޔާއި ބެނާގެ ޒަރިއްޔާއިން އެ ހަރަކާތް ހިންގުމުގެ ފުރުސަތު ފުލުހުން ނުދެއެވެ. 

އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ “އިންޑިއާ އައުޓް” ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އަންގާ ރައީސް ނެރުއްވި ގަރާރު ގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ގަރާރު އެކަށައެެޅީ ކަމަށް އެ ގަރާރުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް