ads
ގެއްލުނު މުހައްމަދު ސައީދު
ޑައިވްކުރަނިކޮށް ގެއްލުނު ސައީދު ހޯދާތާ 7 ދުވަސް: ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލައިފި އެވެ.

މެއި މަހުގެ ދެވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު ސައީދު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަސައްކަތް ކުރަމުންދާތާ މިއަދަށް މިއީ ހަތްވަނަ ދުވަހުއެވެ. 

އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު ވިދާޅުވީ، ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަ މޭލު ބަލާފައި ކަމަށެވެ. އަދި ކަނޑުގެ މަގުން (ސާފޭސް ސަޗު) 760 ސްކެއަ މޭލު ބަލާފައިވާއިރު، ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ. އެހެންކަމުން މިއަދު އެމަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މޭ ދެވަނަދުވަހު ފުވައްމުލަކު ސިޓީ ޑައިވް މާސްޓަ ސައީދު ޑައިވިން ކުރުމަށް ދިޔައީ ގެސްޓުންނަށް އެހީތެރި ވުމަކަށް ނޫނެވެ. އޭނާ އެދުވަހު ދިޔައީ މަސް ހިފުމަށާއި، ޑައިވް ކޮށްލުމަށެވެ. އޭނާ ދިޔައީ އޭނާއާއެކު މަސައްކަތް ކުރާ މަހުމޫދު ފާއިޒު ގޮވައިގެންނެވެ.

ސައީދު ގެއްލުނު ހަބަރު ފެތުރިގެން ދިޔައީ އެދުވަހުގެ ހަވީރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފްއިން ހޯދަން ފެށިފަހުން މިއަދާއި ހަމަޔަށް ފެނިފައިވަނީ 59 މީޓަރު ކނޑުގެ އަޑިން ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާ ކުރެވޭ އާލާތަކާއި، ބެލްޓެކެވެ.

your imageސައީދު ގެންގުޅުނު ކަމަށް ލަފާކުރެވޭ ދަގަނޑެއް

އުމުރުން 44 އަހަރުގެ ސައީދު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދިޔަ ދުވަސްވަރަކީ މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްވަރެއް ކަމުން އެ މަސައްކަތުގައި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހިފައިވެއެވެ. އޭނާ ހޯދުމަށް، ކޯސްޓްގާޑް ހާބަ ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަޙައްދު ބަލާފައިވާއިރު، އެމްއެންޑީއެފް ޑޯނިއާ އާއި ހެލިކޮޕްޓަރުގައިވެސް އެ ސަރަހައްދު ބަލާފައިވެއެވެ.

ސައީދު ޑައިވިނަށް ފޭބީ މިމަހުގެ ދެވަނަ ދުވަހުގެ 14:30 ހާއިރުއެވެ. ފީނަން ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާކަމަށް އޭރު އެމްއެންޑީއެފުން ބުންޏެވެ.

your imageގެއްލުނު ސައީދު ހޯދުމުގެ މަސައްކަތް ކުރިއަށް- ބެލްޓަކާއި، މަސްހިފަން ބޭނުންކުރި އާލާތެއް ފެނިފައިވޭ

ސައީދުއާއެކު ދެން ޑައިވިނަށް ދިޔަ އެރަށު ފާއިޒަށް ވަނީ ޗެމްބަރުގައި ފަރުވާ ދިނުމަށްފަހު މެޝިނުން ނަގާފައެވެ. އޭނާއަށް ފަރުވާ ދީފައިވަނީ ދ. ކަނޑިންމަ ރިސޯޓުގައެވެ. 

މަހުމޫދު ވަނީ އެހާދިސާ ހިނގާދިޔަ ގޮތް ބައެއް މީހުންނަށް ކިޔައިދީފައެވެ. އޭނާ ބުނެފައިވާގޮތުން އެ އިންސިޑެންޓް ދިމާވީ ކަނޑުގެ 33 މީޓަރު އަޑިންނެވެ. ސައީދު އަޑިޔަށް ދާން ފެށިޔަސް އޭރު ސައީދު އަޑިއަށް ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާއަކަށް ނޭނގެ އެވެ. ސައީދު އަމިއްލައަށް ދަނީ ކަމެއް ނުވަތަ ކަމެއް ދިމާވެގެން ސައީދު އަޑިއަށް ދަނީ ކަމެއް ނޭނގޭ ކަމަށާއި އެކަން މަހުމޫދަށް އެނގެނީ މާ ފަހުން ކަމަށްވެސް އާއިލާއިން ވާހަކަ ދެއްކި މީހަކު މަހުމޫދާއި ހަވާލާދީ ބުނެފައިވެއެވެ.

މަހުމޫދުގެ އާއިލާއިން ވާހަކަ ދެއްކި އެމީހާ ބުނެފައިވަނީ 78 މީޓަރަށް ސައީދު ނަގަން މަހުމޫދު އަޑިއަށް ގޮސްފައިވާ ކަމަށާއި، ސައީދު އަތު ޖެހުނީ އެހިސާބުން ކަމަށެވެ. އަދި ތިރީސް މީޓަރު މައްޗަށް ގެނެވުނުތަނާ އޮއިގަނޑެއްގައި ޖެހި މަހުމޫދުގެ އަތުން ސައީދު ދޫވީ ކަމަށެވެ. އަދި އެ ހިސާބުން މަހުމޫދަށް ސައީދު ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް