ads
ރާޖަޕަކްސަގެ ގެ އެއް
މުޒާހަރާގެ ބައިވެރިން ރާޖަޕަކްސަގެ ގެއެއްގައި ހުޅުޖަހައިފި
ލަންކާގައި މިހާރު ކުރަމުންއަންނަ މުޒާހަރާގެ ތެެރެއިން އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ގެ އެއްގައި އަލިފާން ޖަހައިފި އެވެ.

އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ކުރުނާގަލަ ސަރަހައްދުގައި ހުންނަ ރާޖަޕަކްސަގެ ގެއެއްގައި މުޒާހަރާގެ ބައިވެރިން އަލިފާން ރޯކޮށްލާފައި ވާކަމަށެވެ. އަދި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެ ގެ އެއްކޮށް އަނދާ ހުލިވެފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

އެ ގޭގައި އަލިފާން ރޯކޮށްލި ނަމަވެސް އެގޭގައި އެއްވެސް މީހަކު ދިރިއުޅެމުން ނުދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ލަންކާގެ ހާލަތު ގޯސްވެ އެގައުމުގެ ހުރިހާ ހިސާބެއްގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯގެ ވަކި ހިސާބުތަކެއްގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް އެގައުމުގެ ގިނަ ހިސާބުތަކުގައި އެތައް ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. 

މިއަދު ހެނދުނުން ފެށިގެން ލަންކާގެ ކޮލަމްބޯގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތަ ހިންގަމުންނެވެ. ލަންކާގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މިއަދު ހެނދުނު އެގައުމުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދިޔަ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް