ads
ފެނުނު މަސްތުވާތަކެތި
މަސްތުވާތަކެއްޗާއެކު ރިސޯޓަކުން ތިން މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފި އެވެ.

އދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާ އަދި 24 އަހަރުގެ މީހެކެވެ.

މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި އިންޓެލިޖެންސް ގުޅިގެން މި މަހު 11 ވަނަ ދުވަހު ހިންގި އެ އޮަޕަރޭޝަނުގައި އެ ރިސޯޓު ބަނދަރުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ. 

މާމިގިިލީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް