ads
އަނިޔާ ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ކުޑަކުއްޖަކު ވަލަށް ވައްދާ އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
ށ. މިލަންދޫގައި 12 އަހަރުގެ ކުޑަކުއްޖަކު ވަލަށް ވައްދާ އަނިޔާކޮށް ބުލީ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ކުޑަކުއްޖަކު ވަލަށް ވައްދާ، ވައްޓާލުމަށްފަހު ހަމަ އެއުމުރުގެ ކުޑަކުއްޖަކު(ލަފާކުރެވެނީ) ގަދައަށް ގޮފިގަނޑެއް ކަހަލަ އެއްޗަކުން ކުއްޖާ ގައިގާ ތަޅާ އަނިޔާ ކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ އާއްމުވެފައެވެ.

ސީއެންއެމްއަށް ލިބިފައިވާ އޭގެ އެހެންވީޑިއޯ އަކުންވެސް ކުއްޖާ ގައިގާ ވަރަށް ބޮޑަށް ތަޅާ މަންޒަރު ފެނެއެވެ. އަދި އެތަނުގައި ވަށައިލައިގެން ގިނަ ކުދިންތަކެއް ތިބިއިރު، ހީ މަލާމާތްކުރާ އަޑުވެސް އިވެއެވެ.

މިމައްސަލަ އެއްވެސް ފަރާތަކުން ހުށަހަޅާފަވޭތޯ އާއި މައްސަލަ ބަލަމުން ދޭތޯ “ސީއެންއެމް”އިން ފުލުހުންނާއި ސުވާލުކުރުމުން ބުނީ އެމައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ތަހުގީގުކުރަމުންދާ ކަމަށެވެ. 

ނަމަވެސް މައްސަލަ އެއްވެސް މީހަކު ހުށަހެޅިތޯ ކުރި ސުވާލުގެ ޖަވާބެއް ފުލުހުން ނުދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން ކުއްޖާގެ ގައިގާ އެތައް ފަހަރަކު ތެޅުމަށްފަހު، ކުއްޖާ ތެދުވުމުންވެސް ތަޅާ މަންޒަރު ފެނެއެވެ. ކުއްޖާ ތަދުވާތީ ހަޅޭ ލަވާ އަޑުއިވޭއިރު، އިތުރު އެހެން ބައިވަރު ކުދިންތަކެއްވެސް އެތަނުގައި ތިބެ، ހޭއަޑު އިވެއެވެ. އެއް ކުއްޖަކު އެމަންޒަރު ވީޑިއޯކޮށް ކުއްޖާއަށް ބުލީ ކުރަމުންދިޔައެވެ.

ކުޑަކުދިންތަކެެެއް ކުއްޖަކަށް އަނިޔާކޮށް ބުލީކުރިއިރު، މިދިޔަ ފެބްރުއަރީ ތެރޭގައި އެރަށުގެ ކައުންސިލްގެ މެމްބަރު އަހްމަދު ޝިޔާމްއަށްވެސް ގުރޫޕު ހަދައިގެން އައިސް ބަޔަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފައެވެ. 

 

މިކަމާއި ގުޅިގެން ކައުންސިލަރު ޝިޔާމް ސީއެންއެމްއާއި ވާހަކަ ދައްކަވަމުން އެދުވަހު ވިދާޅުވީ، ރޭގަނޑު 23:00 ހާއިރު ކެފޭ އެއްތެރޭ ކޮފީ ބޯން ތިއްބަ ބަޔަކު އައިސް އޭނާ އަށް އިންޒާރުދިން ކަމަށެވެ. އަދި ހަަމަ އެވަގުތު ފުލުހުންނަށް އެމައްސަލަ ހުށައެޅި ކަމަށާއި، ހަމަލާދީ ޒަހަމް ކޮށްލީ ފުލުހުން އެކެފޭ ކައިރިއަށް އައިސް ތިއްބާ ކަމަށެވެ. 

އެމީހުން ދިން ހަމަލާތަކުގައި އޭނާގެ ކޮއްކޮ އަށް ވެސް އެކިވަރުގެ އަނިޔާތަށް ވެފައިވެއެވެ.

ކައުސިލަރުގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވާއިރު، ގައިގެ އެކި ތަންތަނުގައި ވަނީ ވަކިވެސް އަޅާފައެވެ. މީގެ އިތުރުން އޭނާ ލައިގެން ހުރި ގަމީސް ވެސް އެމީހުން ވަނީ ވީދާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް