ads
ރައީސް ޔާމީން
އެންމެ މަތިވެރި ޖިހާދު ރައީސް ޔާމީން ކަނޑައަޅުއްވައިފި
އެންމެ މަތިވެރި ޖިހާދަކީ ކޮބައިކަން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ކަނޑައަޅުއްވަފި އެވެ.

ރައީސް ޔާމީން މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެންމެ މަތިވެރި ޖިހާދަކީ ފެއްސާއި ރަތާއި އާދި ހުދު ހިމެނޭ ދިވެހި ދިދައިގެ ދިފާއުގައި ކުރެވޭ ޖިހާދު ކަމަށެވެ. 

އަދި ދިދައިގެ ދިފާއުގައި މަރުވަންދެން މަސައްކަތް ކުރައްވަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 

ރައީސް ޔާމީންގެ މި ވާހަކައާއި ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

"ސީއެންއެމް" އާއި ވާހަކަ ދެއްކި ދީނީ އިލްމުވެރިޔަކު ވިދާޅުވީ، އެންމެ މަތިވެރި ޖިހާދަކީ މާތްﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ކުރެވޭ ޖިހާދު ކަމަށެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް