ads
ބާކޯސް މެސީއާއި އެކު
ބަޝުންދުރާ ކިންގްސްއަށް އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް
އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީސީއާ އެއް ގްރޫޕެއްގައި ހިމެނިފައިވާ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއަށް އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ގެނެސްފިއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ދެހާސް ބާރަ ވަނަ އަހަރު ކުޅެފައިވާ ހޭނާން ބާކޯސް ސޮއިކޮށް ބަޝުންދުރާ ކިންގްސްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައިވަނީ މިއަދުއެވެ.

ރާއްޖޭގެ ނިއުރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން އޮސްކާގެ ކޯޗުކަމުގެ ދަށުގައި ބަންގާޅުގެ ޗެމްޕިއަނުންގެ ގޮތުގައި އޭއެފްސީ ކަޕަށް ނުކުންނަ ބަޝަންދުރާ ކިންގްސްއަށް އަލަށް ސޮއިކުރި އާޖެންޓީނާގެ އުމުރުން ތިރީސް ފަސް އަހަރުގެ ބާކޯސްވަނީ ދެހާސް ބާރަވަނަ އަހަރު ލަޔަނަލް މެސީއާއި އެކު އާޖެންޓީނާ ޓީމުގައި ހިމެނި ބްރެޒިލްއާ ދެކޮޅަށް ކުޅެފައެވެ. މީގެ އިތުރުން އޭނާވަނީ އުރުގުއޭއާ ޗިލީއާ ދެކޮޅަށްވެސް ކުޅަފައެވެ.

އޮސްކާ ކޯޗު ކޮށްދޭ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އޭއެފްސީ ކަޕުގައި ނުކުންނާނީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ އިންޑިޔާގެ ޗެންނާއީ ސިޓީއާ އެއް ގުރޫޕެއްގައެވެ. މި ގުރޫޕުގެ ފަހު ފުރުސަތު ލިބޭނީ ޕްލޭ އޮފުން އަންނަ ޓީމަކަށެވެ. ޕްލޭ އޮފްގައި އެ ޖާގަ ހޯދުމުގެ ރޭހުގައި ވާދަކުރާނީ ބަންގާޅުގެ އަބާހާނީ ލިމިޓެޑާއި ރާއްޖޭގެ މާޒިޔާ އަދި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ސްރީލަންކާއާ ބޫޓާނުގެ ޗެމްޕިއަނުންނެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ތައްޔާރުވަމުންދާ ސަރަހައްދީ ވަރުގަދަ ބާރު، ބެންގަލޫރު އެފްސީން ބާސެލޯނާއަށް ކުރިން ކުޅެފައިވާ ސްޕެއިންގެ ފޯވާޑެއްވެސްވަނީ ގެނެސްފައެވެ. ބެންގަލޫރު އެފްސީއަށް ގެނެސްފައިވަނީ އުމުރުން 25 އަހަރުގެ ނިލީ ޕެރްޑޯމޯ ބެންގަލޫރު އެފްސީއާ ގުޅިފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ޒުވާން އުމުރުގައި ސްޕެއިންގެ ލަސް ޕަލްމާސް އިން ކެރިއަރު ފެށި ނިލީ ބާސެލޯނާއަށް ކުޅެފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޔޫރަޕުގެ ބައެއް ބޮޑެތި ކްލަބުތަކަށް ކުޅެފަ އެވެ. ނިލީވަނީ ހުސްވި ހަފުތާގައި ބެންގަލޫރު އެފްސީން ޕާރޯއެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް