ads
އެއިރޯފްލޯޓް
ދެ މަސްދުވަހަށް ފަހު އެއިރޯފްލޯޓްއިން ރާއްޖެ އަށް ދަތުރުތައް ފަށައިފި
ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއިރޯފްލޯޓް އިން ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ކުރަން ފަށައިފި އެވެ.

ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަން ފެށި ހަނގުރާމަ އާއި ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ މިދިޔަ މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ. 

ހަނގުރާމައިގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. އެގޮތުން އެގައުމުން ދުވާލަކު ގާތްގަނޑަކަށް 300 ފަތުރުވެރިން ދިޔައީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. 

އަލުން ރާއްޖެއަށް ދަތުރުތައް އެގައުމުން ފަށާފައި ވާއިރު، ދުވާލަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީހުން އުފުލުމަށް އެ އެއާލައިނުން ބޭނުން ކުރާނީ، އޭ-330 މަރުކާގެ 300 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. 

އެ އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ކުރަން ފެށީ، ރާއްޖެއަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ދިވެހި ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. 

ރަޝިއާއިން މިހާތަނަށް ރާއްޖެއަށް ވަނީ 54،624 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް