ads
ޓޫރިޒަމް މިނިސްޓްރު ޑރ. މައުސޫމް : މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ
ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ ދިވެހީންގެ އަދަދު ނޭނގޭ: މިނިސްޓަރު
ރިސޯޓް ތަކާއި ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ ދިވެހީންގެ އަދަދު ޓޫރިޒަމް މިނިސްޓްރީއަށް ނޭނގޭ ކަމަށް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު، ޙަސަން އަޙުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުގައި ދިވެހީން ވަޒީފާ އަދާކުރާ އަދަދު ނޭނގޭ ކަމަށެވެ. 

"އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން އެމަސައްކަތް ކުރަން ފަށައިފީމު. މިވަގުތު ވަކި ރިސޯޓެއްގަ ނުވަތަ ވަކި ގެސްޓްހައުސްއެއްގަ މުވައްޒަފުން ތިބި އަދަދެއް އަޅުގަނޑުމެންގެ އަތުގަ ނުއެއްނެތް. އެހެންނަމަވެސް މިދެންނެވި މަސައްކަތަށް ވަކިން ފަހިވޭ އެޕްއެއް ހަދައިގެން އޭގެ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން ބޭނުންވަނީ ޓޫރިޒަމް މިނިސްޓްރީގެ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޔުނިޓް ވަރަށް ވަރުގަދަ ކުރަން" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމަކީ ރާއްޖޭގައި ޓޫރިޒަމް މެނޭޖް ކުރުމުގެ ދާއިރާގައި އުޅޭ ހުރިހާ ފަރާތްތަކަށްވެސް ވަރަށް މުހިއްމު މައުލޫމާތު ތަކެއް ކަމަށެވެ. 

އެހެންނަމަވެސް އެމައުލޫމާތުތައް އަކުރުން އަކުރަށް މިނިސްޓްރީގައި ނެތް ކަމަށާއި ސުވާލު ކުރެއްވި މެންބަރު އެމައުލޫމާތު ބޭނުންނަމަ ކައުންސިލްތަކާއި ރިސޯޓްތަކާއި ގުޅައިގެން ހޯއްދަވައި ދެއްވާނެ ކަމަށެވެ. 

 މިއަދު މަޖިލީހުގައި ބޭއްވުނު ޖަލްސާގައި އޮތީ ހަމައެކަނި ޓޫރިޒަމް މިނިސްޓަރާ ސުވާލު ކުރުން އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް