ads
ހައްޖު ކޯޕަރޭޝަނުގެ ދަތުރުވެރިއެއް ފޮޓޯއަކަށް ހުއްޓިގެން
ހައްޖަށް ނަގާ ފައިސާއަށް ހިޔާނާތްތެރި ވާނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ
ހައްޖަށް ގެންދާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ނަގާ ނުވަތަ ހައްޖަށް ގެންދިއުމަށް ފައިސާ ދެއްކި މީހެއްގެ ފައިސާއަށް ހިޔާނާތްތެރިވެއްޖެނަމަ 500،000 (ފަސްލައްކަ) ރުފިޔާއާއި ހަމަަޔަށް ޖޫރިމަނާ ކުރެވޭ ގޮތަށް "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" އިސްލާހުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކުރި އެ އުސޫލުގައި ވާގޮތުން، ހައްޖަށް ގެންދިޔަ އެއްވެސް މީހަކަށް ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ، ނުވަތަ ހައްޖަށް ގެންދިޔުން އެދި ފައިސާ ދެއްކި މީހުންގެ ނުވަތަ މީހެއްގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރިވެއްޖެނަމަ 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ފުރިހަމަކުރަންޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ، 50،000(ފަސްހާސް) ރުފިޔާއާއި 10،000(ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން، 30،000 (ތިރީސްހާސް) ރުފިޔާއާއި 100،000(އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ހާލަތްތަކެއްވެސް ބަޔާންކޮށްފައިވެއެވެ. އެއީ:

  • ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައިފިނަމަ، ނުވަތަ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ
  • ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ
  • ހައްޖުވެރިޔާއަށް ދޭންޖެހޭނެކަމަށް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާއި، ހައްޖުވެރިޔާއާ ދެމެދު ވެވޭ އެގްރީމެންޓާއި، ހައްޖުގެ ހުއްދަޔަށް އެދި ހުށަހެޅި ޕްރޮޕޯޒަލް ފޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަކޮށް ނުދީފިނަމަ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް