ads
އަބްދުލްޣައްފާރު އަބްދުލްޣަފޫރު: މީނާ އަށްޑިހައަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވޭ
އިންޑިޔާ އައުޓް ޖެހި މި މީހާ އަށްޑިހައަށްވުރެ ގިނަ ފަހަރު މީނާ ހައްޔަރުކޮށްފައިވޭ
މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ މައްސަލައާ ގުޅިގެން ހައްޔަރުކުރި މއ. ލެއްގި ޢަބްދުލްޣަފޫރަކީ އެކި އެކި މައްސަލަތަކުގައި އަށްޑިހައަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ކްރިމިނަލް ކޯޓުގެ ރިޕޯޓުން ދައްކައިފިއެވެ.

އިންޑިޔާ އައުޓް ޖެހުމަށް ފަހު ފިލައިގެން އަމިއްލަ ގޭގެ ފާހާނައިގައި އޮއްވާ ހައްޔަރުކޮށްފައިވާ މި މީހާ އެންމެ ފަހުން އިއްޔެ ކްރިމިނަލް ކޯޓުންވަނީ ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ގާޟީ ދީބާނާޒް ފަހުމީގެ އަމުރަށް މީނާ މިހާރު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން އަށްޑިހަ ދެ ފަހަރު މީނާ ހައްޔަރުކޮށްފައިވާ ކަން ކޯޓުގެ ރިޕޯޓުން އެނގެއެވެ. 

ކޯޓު ރިޕޯޓުގައިވާ ގޮތުން، މީގެ ކުރީގެ ރިކޯޑްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާ، ވިއްކުމާއި ވައްކަމާއި އަދި ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ރިކޯޑްވެސް އޭނާގެ އޮވެއެވެ. މިކަން މިހެން ހުރިނަމަވެސް އޭނާގެ ވަކީލުންވަނީ އޭނާ ދޫކޮށްލަން އެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް