ads
އެވަކާޑޯ އިން ލިބޭ ފައިދާތައް
ފައިދާހުރި ކާނާ ހިމެނޭ ދުޅަހެޔޮ ދިރިއުޅުމެއް ގެ ސަބަބުން ބަލިން ރައްކާތެރިވުމަށާއި ބަލި އެހެން ދިމާލަކަށް އަނބުރާލުމަށް އެހީތެރިވެދެއެވެ. އެވޮކާޑޯ އަކީ ސިއްހަތަށް ފައިދާހުރި ކާނާތަކުގެ ތެރެއަށް އިތުރުކުރެވިދާނެ އެއްޗެކެވެ. އެވޮކާޑޯ އިން ލިބޭ ވިޓަމިންސް، މިނަރަލްސް، އަދި ސިއްހަތަށް ފައިދާހުރި ފެޓްސް އަކީ ބަލިން ރައްކާތެރިވުމަށާއި ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

އެވަކާޑޯ އިން ލިބޭ ބައެއް ފައިދާތައް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. 

ކެންސަރު

އެވޮކާޑޯ އިން ލިބޭ ފޮލޭޓްގެ ސަބަބުން ޕްރޮސްޓޭޓް އަދި ކޮލޮން ކެންސަރު ފަދަ ބައެއް ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑަވެދާނެއެވެ. އެވޮކާޑޯގައި ހިމެނޭ ނިއުޓްރިއެންޓްސް އަކީ ވެސް ކެންސަރަށް ފަރުވާ ކުރެވިދާނެ އެއްޗެކެވެ. 

އާތުރައިޓިސް އަދި އޮސްޓިއޯޕޮރޯސިސް

އެވޮކާޑޯ އިން ތެޔޮ ނަގައިގެން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެވަކާޑޯގެ ސަބަބުން އޮސްޓިއޯއާތުރައިޓިސްގެ އަލާމާތްތައް މަދުކުރެވިދާނެއެވެ. އެވޮކާޑޯގައި ހިމެނޭ ވިޓަމިން ކޭ ގެ ސަބަބުން ކަށިފީވުން ކުޑަކޮށްދީ، އޮސްޓިއޯޕޮރޯސިސް އިން ދުރުކޮށްދީ، ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

ޑިޕްރެޝަން

ދިރާސާތަކުން ދައްކާ ގޮތުގައި ޑިޕްރެޝަނާއި ފޮލޭޓްގެ ލެވެލް ދަށްވުމާއި ގުޅުމެއް ވާކަން ފާހަގަކުރެވެއެވެ. ފޮލޭޓް އަކީ ލޭގައި ހޯމޯސިސްޓެއިން ކިޔާ މާއްދާއެއް އުފެއްދުމަށް ހުރަސް އެޅުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހޯމޯސިސްޓެއިން އަކީ ސިކުނޑިއަށް ބޭނުންވާ ނިއުޓްރިއެންޓްސް ގެ މިންވަރު ލަސްކޮށްދީ، ޑިޕްރެޝަން އިތުރުކޮށްދޭ އެއްޗެކެވެ. އެވޮކާޑޯގައި ފޮލޭޓް ގެ މިންވަރު ގިނަ އަދަދަކަށް އެކުލެވިގެންވުމުގެ ސަބަބުން ޑިޕްރެޝަންގެ އަލާމާތްތައް ދުރުގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

އިންފްލެމޭޝަން

ކްރޮނިކް އިންފްލެމޭޝަން ގެ ސަބަބުން ހަކުރު ބައްޔާއި، އަލްޒައިމާސް ބައްޔާއި، އާތުރައިޓިސް ފަދަ އެތައް ބައްޔެއްގެ ޝިކާރައަކަށް ވެދެއެވެ. އެވޮކާޑޯގައި ހިމެނޭ ވިޓަމިން އީ ގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން ދަށްކޮށްދެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެވަކާޑޯ ގައި އެކުލެވިގެންވާ ނިއުޓްރިއެންޓް ތައް ވެސް އެހީތެރިވެދެއެެވެ. 

ހަޖަމުކުރުން

އެވޮކާޑޯއަކީ ފައިބަރުން ފުރިފައިވާ އެއްޗެކެވެ. ހާއްސަކޮށް އިންސޮލިއުބަލް ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ކުނިބުނި ގެންދިޔުމަށް އެހީތެރިވެދޭ ބާވަތެކެވެ. ފައިބަރަކީ ގަވާއިދުން ފާހަނަ އަށް ދިޔުމަށާއި ބަނޑު ހަރުވުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. 

ލޭގެ ޕްރެޝަރު

އެވޮކާޑޯއަކީ ޕޮޓޭސިއަމް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. ޕޮޓޭސިއަމް އަކީ ލޭގައި ސޯޑިއަމް އެކުލެވިގެންވާ މިންވަރު ދަށްކޮށް، ލޭހޮޅިތަކުގެ ފާރުތަކުގައި ހުންނަ ނުތަނަވަސްކަން ލުއިކޮށްދީ، ލޭގެ ޕްރެޝަރު ލެވެލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހިތް

އެވޮކާޑޯގައި ހިމެނޭ ގިނަ ހެލްތީ ފެޓް އަކީ މޮނޮއަންސެޗުރޭޓެޑް ފެޓީ އެސިޑްގެ ބާވަތެއް ކަމުގައިވާ އޮލެއިކް އެސިޑް އެވެ. ހިތުގެ ދުޅަހެޔޮ މި ފެޓް އަކީ ކާޑިއޯވަސްކިއުލާ އިންފްލެމޭޝަން ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެވޮކާޑޯގައި ކޮލެސްޓްރޯލްގެ ޕްލާންޓް ވާޝަން ކަމުގައިވާ ބީޓާ-ސިޓޯސްޓެރޯލް ކިޔާ ނިއުޓްރިއެންޓެއް ވެސް އެކުލެވިގެންވެއެވެ. ބީޓާ-ސިޓޯސްޓެރޯލް އަކީ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ލޮލުގެ ފެނުން

ލުޓެއިން އާއި ޒެކްސަންތިން އަކީ ލޮލަށް ރަނގަޅު އެވޮކާޑޯގައި ހިމެނޭ ދެ އެންޓިއޮކްސިޑެންޓް އެވެ. ޔޫވީ ލައިޓް އިން ލިބޭ ގެއްލުމުން ލޮލުގެ ޓިޝޫތައް ރައްކާތެރިކޮށްދީ، ކެޓަރެކްޓް އަދި މެކިއުލާ ޑީޖެނެރޭޝަން އިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.  

މާބަނޑުވުން

ތުއްތު ދަރިފުޅުގެ ސިކުނޑި އާއި މައިބަދައިގައި އުފަންވާއިރު ހުންނަ އުނިސިފަތައް ހުއްޓުވުމަށް އެހީތެރިވެދިނުމުގެ ގޮތުން މާބަނޑު ދުވަސްވަރު ދުވާލަކު މަދުވެގެން 400 މައިކްރޯގްރާމްގެ ފޮލޭޓް ބޭނުންވެއެވެ. އެއް އެވޮކާޑޯ އިން އޭގެ ގާތްގަނޑަކަށް 41 އިންސައްތަ ލިއްބައިދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް