ads
ފަރަށް އެރި މަސް ދޯނި---
16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފި
16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ އެ ދޯންޏަކީ 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "މަންފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށެވެ. މި ދޯނި ފަރަށް އަރާފައިވަނީ ތ.ގާދިއްފުށި ކައިރިންނެވެ. 

your imageއެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަނީ

އެސަރަހައްދުގައި މިހާރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

ފުލުހުން މިހާރު މައުލޫމާތު ދޭގޮތުގައި އެމަސް ދޯނި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 16:20 ހާއިރު ވަނީ ފުންކޮށްފަ އެވެ.

މިއަދު އަށް މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަ" ނަމަކަށް ކިޔާ ބޯޓެއް ވެސް ވަނީ މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރާފައެވެ. އެ ބޯޓުވެސް މިހާރު ވަނީ ފުންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް