ads
މޯހަން ބަގާންއިން ހެޓްރިކް ހެދި ކޮލަސޯ
އޭއެފްސީ ކަޕް: ބަޝަންދުރާ ބަލިކޮށް މޯހަން ބަގާން އުއްމީދުއާކޮށްފި
އޭއެފްސީ ކަޕް ގްރޫޕް ޑީގައި، ބަޝަންދުރާ ކިންގްސް ބޮޑު ތަފާތަކުން ބަލިކޮށް މުބަރާތުގެ ދެވަނަ ބުރުގެ އުއްމީދު މޯހަން ބަގާންއިން ދަމަހައްޓައިފިއެވެ. މޯހަން ބަގާން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ވިއްސާރަވެ މޫސްމް ގޯސްވުމުގެ ސަބަނުން މެޗު ފަށާފައި، ގަޑިއެއްހާއިރަށް މެދު ކަނޑާލަން ޖެހުނު މި މެޗުގައި މޯހަން ބަގާންއިން ޖެހި ލަނޑުތައް ޖަހާފައިވަނީ ލިސްޓަން ކޮލާސޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑޭވިޑް ވިލިއަމްސްއެވެ. ކޮލާސޯވަނީ ހެޓްރިކެއް ހަދާފައެވެ. 

ބަޝަންދުރާ އަތުން މޮޅުވި މޯހަން ބަގާންވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ގޯކުލާމް ކެރެލާ އަތުން ބަލިވެފައެވެ. މޯހަން ބަގާންގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. މާޒިޔާވަނީ ފުރަތަމަ މެޗުގައި ބަޝަންދުރާ އަތުން ބަލިވެފައެވެ. އަދި މާޒިޔާގެ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ގޯކުލާމާ ދެކޮޅަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް