ads
އޭދަފުށީ ޓީމުގެ ކޯޗު އިހްސާންއަބްދުލް ޣަނީ- ފޮޓޯ އޭދަފުށި ޓައިމްސް
އެފްއޭކަޕް: ފުރަތަމަ މެޗުގައި ޓީސީއާ އޭދަފުށި
ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށްޓާއި ޓީސީ ސްޕޯޓްސް ވާދަކުރަން ޖެހިއްޖެއެވެ. މިގޮތަށް ހަމަ ޖެހުނީ މިއަދު އޮތް ގުރު ނެގުމުގައެވެ. އޭދަފުށީ ޓީމުން ފަރިތަކުރަމުން އަންނަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އިހްސާން އަބްދުލްޣަނީ- ސާންތީގެ ބެލުމުގެ ދަށުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މާރިޗު މަހުގެ ފަސްވަނަ ދުވަހު ހަވީރު ޓީސީއާ އޭދަފުށި ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ފޯކައިދޫއާ ދަ ގްރާންޑޭއެވެ. ބަލިވާ ޓީމެއް ކަޓާ ގޮތަށް ކުޅޭ މި މުބާރާތުގެ ތިންވަނަ މެޗުގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާ ދެކޮޅަށެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި އެއް ކޮޅުން މާޒިޔާއާ ގްރީން މެޗުން މޮޅުވާ ޓީމެކެވެ. މި ސެމީގެ ދެވަނަ ޖާގަ ލިބޭނީ ފޯކައިދޫއާ ދަގްރާންޑޭ މެޗުން މޮޅުވާ ބަޔަކަށެވެ. ދެވަނަ ސެމީގައި ކުޅޭނީ ޓީސީއާ އޭދަފުށި ކުޅެގެން މޮޅުވާ ބަޔަކާ އީގަލްސްއާ ވިލިމާލެ ޔުނިޓޭޑް ކުޅެގެން މޮޅުވާ ބައެކެވެ. ސެމީ ފައިނަލް މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ މާރިޗު މަހުގެ ސޯޅަ ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މާރިޗު މަހުގެ ނަވާރަ ވަނަ ދުވަހުގެ ރެއަށެވެ.

އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވާލައިގެން ބާއްވާ އެފްއޭކަޕްގެ ގެ މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ އެންމެ އަށް ޓީމެވެ.  އެފްއޭކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރުއެވެ. ފަސޭހަކަމާއި އެކު އެ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރު ނިއުރޭޑިއަންޓެވެ. ނިއުއިންވަނީ މިހާތަނަށް 12 ފަހަރު އެފްއޭކަޕް ހޯދާފައެވެ. މި އަހަރުގެ އެފްއޭކަޕްގައި، އެފްއޭކަޕްގެ އެންމެ ކާމިޔާބު ތިން ޓީމުކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިޔާ ބައިވެރިނުވާނެއެވެ. މިއީ މި ތިން ޓީމު ނެތި ކުޅޭ ފުރަތަމަ އެފްއޭކަޕެވެ.

ދެ އަހަރަށް ފަހު އަލުން އެފްއޭކަޕް މި ބާއްވަނީ ފުޓްބޯޅައިގެ ފޯރި ކެނޑި، ފުޓްބޯޅަ ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވެފައިވަނިކޮށެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޤައުމީ މުބާރާތްވެސް ނުބާއްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް