ads
އިންޑިއާ އައުޓް ބެނާ
ޔާމީން ދިރިއުޅުއްވާ ގެއިން ފެނުނު ހެއްކަކީ ހަމައެކަނި ބެނާ: ފުލުހުން
ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ކޯޓު އަމުރު ހޯދި ސަބަބާއި އެތަނުން ފެނުނު ހެތްކަކީ ކޮބައިތޯ ދިވެހިރާއްޖޭގެ ހައިކޯޓުން ސުވާލު ކުރެއްވުމުން އެ ގެއިން ފެނުނު ހަމަ އެކަނި ހެތްކަކީ "އިންޑިޔާ އައުޓު ބެނާ" ކަމުގައި ފުލުހުން ބުނެފި އެވެ.

ދޫވެހި ގެއަށް ވަމުނަށް ކޯޓު އަމުރެއް ކްރިމިނަލް ކޯޓުން ދީފައިވާތީ އެ މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދުގެ އަޑު އެހުމުގައި ހައިކޯޓުގެ ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީ ވަމުން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ފުލުހުން ބުނީ އެގެއިން ފެނުނު ހެތްކަކީ ހަމަ އެކަނި "ބެނާ" ކަމުގަ އެވެ. 

ކޯޓުގެ ފަނޑިޔާރުން ވަނީ މި މައްސަލައަށް ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނާއި، ފުލުހުންނަށް އަމާޒުކުރައްވާފަ އެވެ. 

ދޫވެހި ގެ ނޫން އެހެން ގެއެއް މި މައްސަލަ އާއި ގުޅިގެން ބަލައި ފާސްކޮށްފައިވާނެތޯ ފަނޑިޔާރުން ސުވާލުކުރެއްވި އެވެ. އަދި ބެނާ ނަގަން ފުލުހުން އެންގުމުން ފުލުހުން އެދުނީ "ޖިނާއީ ކުށެއްގެ ހެކި ނައްތާލަންތޯ" ވެސް ފަނޑިޔާރުން ވަނީ ފުލުހުންނާ ސުވާލު އުފައްދާފަ އެވެ. 

ހައިކޯޓުގައި ފުލުހުން ބުނަނީ ހަމައެކަނި ޖިނާއީ ކުށުގެ ހެތްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ބެނާ ކަމަށެވެ. އަދި އިތުރު ތަނެއް ބަލައި ފާސްކޮށްފައި ނުވާނެ ކަމަށެވެ. 

ފަނޑިޔާރުން ވަނީ ޔާމީނުގެ ގެކޮޅަށް ވަތްއިރު ޖިނާއީ ކުށެއްގެ މައްސަލައަކަށްވާތީ އެކަމުގައި ގާނޫނީ އިންޒާރު މައްސަލަ ރައްދުވާ ފަރާތައް ދިނިންތޯވެސް ސުވާލުކުރައްވާފަ އެވެ. 

ފަނޑިޔާރުންގެ މި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ ފުލުހުން އަމިއްލަ އިސްނެގުމަކަށް ކަމަށެވެ. އެހެންނަމަވެސް މިފަދަ އާންމު މަސްލަހަތުތައް ހިމެނޭ މައްސަލަ ތަކުގައި މައްސަލަ ހުށަހަޅަނީ އާންމު ފަރާތްތަކުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ގާނޫނީ އިންޒާރުވެސް ދީފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ހައިކޯޓުގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ އިތުރު ކަމެއް ފާހަގަ ނުކުރެވިއްޖެނަމަ ދެން އޮންނާނީ މި މައްސަލައަށް ހުކުމް އިއްވުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް