ads
ސިވިލް ސަރވިސް ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި
ކައުންސިލް ތަކަށް ބޭޏުންވާ މުވައްޒަފުން ނެގުމަށް ހުރަހެއް ނާޅަން: ސީއެސްސީ
ކައުންސިލް ތަކުން ބޭނުންވާ މުވައްޒަފުން ނެގުމުގައި ކައުންސިލް ތަކަށް ހުރަސް އަޅަމުން ނުދާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ސިވިލް ސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަތައް ނުދޭކަމަށްބުނެ އެ ކައުންސިލްގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ، އެކައުންސިލްގެ އެކި މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް އެލްޖީއޭއާއި ފިނޭންސްއިން ހުއްދަ ދީފައި ވާއިރުވެސް އެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހުރަސް އަޅަމުން އަންނަ ކަމަށްބުނެ އެ ކޮމިޝަނަށް ފާޑު ކިޔާފަ އެވެ. 

އެކަމާއި ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރާއިރު، ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، އެކަން ކައުންސިލް ތަކަށް އަންގާފައި ވާނެ ކަމަށެވެ. އަދި ކައުންސިލް ތަކުގެ އިދާރީ އޮނިގަނޑުގައި ތިބޭ މުވުއްޒަފުންގެ މަގާމު ހުސްވެއްޖެނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދައާއި އެކު އެ މަގާމަށް މުވައްޒަފުން ނެގުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

"ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން މުވައްޒަފުން ނަގާނަމަ އެކަމުގެ މައުލޫމާތު ކޮމިޝަނަށް ހުށަހެޅުމުން ގަވައިދުގެ ދަށުން ހުއްދަ ދެމުން ދަނީ. ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ އުސޫލް އެލްޖީއޭއާއި ގުޅިގެން އެކުލަވާލުމަށްފަހު ވަނީ އާއްމު ކުރެވިފަ. އުސޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލްތަކުގެ ޒިންމާއެއް." ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި ކައުންސިލްގެ އިދާރީ އޮނުގަނޑުގައި ނުހިމެނުނަސް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް ކައުންސިލްގެ އިދާރީ ބަޖެޓުން ހަރަދުކުރެވޭނަމަ، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ކޮމިޝަނުން އަންނަނީ ހުއްދަ ދެމުން ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް