ads
ޓޮޕް އެޗީވާޒް އެވާޑް:-
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕަށް ހުޅުވާލައިފި
މި ނިމުނު 2021 ވަނަ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ލިބޭދަރިވަރުނަށާއި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ" ހާސިލްކޮށްފައިވާ ވުން ނުވަތަ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް، މަދަރުސާ އަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ" ހާސިލުކޮށްފައިވާ ދަރިވަރުންނެވެ. މި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ" ފާސް ހާޞިލްކޮށްފައިވާ ދަރިވަރުންނެވެ. 

މިއިން ކޮންމެ ދަރިވަރަކު އެ ދަރިވަރަކު ބޭނުން ދާއިރާއަކުން  ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ. މި ދަރިވަރުން ޓްރޭނިންގ ނީޑްސް ގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ" ފާސް ހާޞިލްކޮށްފައިވާ ދަރިވަރުންނެވެ. މިއިން ކޮންމެ ދަރިވަރަކު އެ ދަރިވަރަކު ބޭނުން ދާއިރާއަކުން  ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ. މި ދަރިވަރުން ޓްރޭނިންގ ނީޑްސް ގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް