ads
މަޖިލީހުގެ ރައީސް ނަޝީދު
ކަނޑުދަވުމުން ބޮމުގެ ހަމަލާގެ ޝަރީއަތް ކެންސަލް ކޮށްފި
ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކުރި މި ޝަރީއަތް ކެންސްލް ކޮށްފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ. 

މިއަދު ހެނދުނު ނުވައެއް ޖަހާއިރަށް ބޮމުގެ ހަމަލާގެ  އަޑުއެހުން ތާވަލުކުރީ ދައުވާ އުފުލާފައިވާ، ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ޝަރީއަތް ކެންސަލް ކުރަމުން ބުނީ، މިއަދުގެ އަޑުއެހުން ކެންސަލް ކުރަންޖެހުނީ، ކަރެކްޝަންސް އަށް ޖަލުގައި ތިބި މީހުން ކޯޓަށް ހާޒިރުކޮށް ނުދެވުމުން ކަމަށާއި، އެމީހުން ކޯޓަށް ހާޒިރުކޮށް ނުދެވުނީ، ކަނޑުގަދަވެ ދަތުރު ކުރުމަށް އުނދަގޫވުމުން ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. 

މިއަދުގެ އަޑުއެހުން ކެންސަލް ކުރުމުން، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން އޭނާ ކުރި ޓުވީޓެއްގައި ބުނީ، ޝަރީއަތް ކުރިއަށް ގެންދަން ކިތައްމެ ވަރަކަށް ކޯޓުން ތައްޔާރުވެ އޮތަސް ގައިދީން ނުގެނެވޭނަމަ ޝަރީއަށް ކުރިއަށް ނުދާނެ ކަމަށެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. ނަމަވެސް ފަހުން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ. އަދުހަމަކީ ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގު މެދަށް ގޮއްވާލި ބޮން ކޮންޓްރޯލް ކުރާ ރިމޯޓް ހިފައިގެން އަތަމާ ޕްލޭސްގައި ހުރި މީހާ އެވެ. 

އަދުހަމާއެކު ޖުމްލަ 10 މީހެއްގެ މައްޗަށް ކޯޓުގައި ދައުވާކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް