ads
އެދިއެދިހޯދީމޭ
ހަގީގީ ހާދިސާ: އެދި އެދި ހޯދީމޭ
ހަވީރުގެ ވަގުތެކެވެ. އީޝާ ތައްޔާރު ވަމުން ދިޔައީ ސްކޫލުން ބާއްވާ ގާރލްގައިޑް އިވެންޓަކަށެވެ. އީޝާ އަކީ ރަށުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާއޭ ބުނުމީ ދޮގަކަށް ނުވާނެއެވެ. ރަތް ކުލައިގެ ހިރުއެޅި ލިބާހުގައި އީޝާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.

އީޝާ މެންގެ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށުގެ ބާސްކެޓް ކޯޓުގައެވެ. އީޝާއަށް ބާސްކެޓް ކޯޓަށް ދެވުނުއިރު ގިނަ ޢަދަދެއްގެ ސްކޫލް ކުދިންނާއި ބެލެނެވެރިން އެތަނަށް ޖަމާވެފައި ތިއްބެވެ. އީޝާ ،އޭނާގެ ރައްޓެހި ކުދިން ކައިރީގައި މަޑުކޮއްލިއެވެ.

ހަމަ އެވަގުތު ކޮންމެވެސް ކުއްޖަކު އީޝާއަށްބަލާހެން ހީވެގެން އީޝާއަށް އެދިމާލަށް ބަލާލެވުނެވެ. ބަލާލުމާއި އެކު އެކުއްޖާ އީޝާއަށް އެއްލޯ މަރާލިއެވެ. އީޝާއަށް ބޭއިހްތިޔާރުގައި ރުޅި އާދެވުނެވެ. އަދި ތުން އަނބުރާލިއެވެ. އޭނާގެ އެހަރަކާތަށް މާބޮޑު ސަމާލުކަމެއް އީޝާއެއްނުދިނެވެ. ވާނީވެސް އެހެންތާ! އީޝާއަކީ، އޭނާގެ މައިންބަފައިން ވަރަށް ލޯބިން ގެންގުޅެމުން އަންނަ އެދެމަފިރިންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅެވެ.

އާދައިގެ މަތިން އީޝާ ކޮންމެ ދުވަހަކުވެސް ސްކޫލް ލައިބރަރީއަށް ދެއެވެ. އީޝާ ކްލާހުން ނިކުމެގެން ލައިބްރަރީއަށް ދިޔުމައްޓަކާ ހިގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހަކު ތުބުން ފުމެލި އަޑު އިވުނެވެ. އީޝާއަށް އެދިމާލަށް ބަލާލެވުނެވެ. އެއްކަލަ ލޯމަރާލި ކުއްޖާއެވެ. ދެވަނަ ފަހަރަށް ވެސް އީޝާއަށް ރުޅީއާދެވުނެވެ. އަދި ތުން އަނބުރާލުމަށްފަހު ލައިބްރަރީއަށް ދިޔުމަށްޓަކާ ހިގައިގަތެވެ. އީޝާއަށް ހިތާއިހިތުން ބުނެލެވުނެވެ. މިއީ ކާކުބާ؟ އެދުވަހުން ފެށިގެން އީޝާގެ ސިކުނޑީގައި އެސޫރަ ކުރެހެން ފެށުނެވެ. އަދި އޭނާ އާއި މެދު ވިސްނެން ފެށުނެވެ. އޭގެ އަނެއްދުވަހު ސްކޫލް ގޯތިތެރެއިން އޭނާއާއި ދިމާވިއެވެ. އަދި އޭނާ އީޝާއަށް ގޮވާލިއެވެ.

އީޝާ އޭނާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.އީޝާ މިއީ ޔާނިއު، ހާލު ކިހިނެއްތަ ؟ ރަނގަޅު ހިނިތުންވެލުމާއިއެކު އީޝާ ޖަވާބުދިނެވެ. އެހާ ހިސާބުން ފެށިގެން އެދެމީހުންގެ ގުޅު ބަދަހިވާންފެށިއެވެ. އެކުވެރިކަމުގެ ގުޅުމަށެވެ، މިއެކުވެރި ކަމުގެ ގުޅުން މަޑުމަޑުން ލޯތްބައް ބަދަލުވިއެވެ. ދެމީހުން އެކަކު އަނެކަކާއި ބައްދަލުކުރަން ބޭނުންވިއެވެ. އީޝާ އާއި ޔާނިއު ކޮންމެ ދުވަހަކުވެސް ފޯނުކޮށް ވާހަކަދައްކައެވެ. ވަރަށްވެސް ސިއްރުންނެވެ. އީޝާ އޭނާގެ މަންމަގެ ފޯނުން ޔާނިއުއާއި ވާހަކަދައްކައެވެ. ޔާނިއު އީޝާއާއި ވާހަކަދެއްކުމަށް ބޭނުން ކުރަނީ އޭނާގެ ގޭގެ ލޭންޑް ލައިނެވެ. މިގޮތަށް މިދެލޯބިވެރިން ދުވަސްތަށް ވޭތިކުރަމުންދިޔައެވެ. ފޯނުކޯލް ތަކުން މިދެލޯބިވެރިން ހިތް ފުރައެއްނުލެވުނެވެ. ބައްދަލު ކުރަން ބޭނުންވިއެވެ. ސިއްރު ބައްދަލުވުންތަކެވެ. މިދެލޯބިވެރިން ބައްދަލުކުރުމައްޓަކައި ވަގުތު  ކަނޑައެޅިއެވެ. ފަތިހުގެ ވަގުތެކެވެ. ކޮންމެދުވަހަކު ފަތިހު 5 ޖަހާއިރަށެވެ.

މިބައްދަލުވުންތަކުގައި ޔާނިއުގެ އެންމެ ގާތް ދެއެކުވެރިންކަމަށްވާ ނޫރު އާއި ޢުމަރު ބައިވެރިވެއެވެ. ފާރަ ލުމަށްޓަކާއެވެ. ބައްދަލުކުރަން ލިބުނު ވަގުތުކޮޅު ކުޑަވެގެން 5 ކުންފެށި ބައްދަލުކުރުން ދަންވަރު 3ކަށް ބަދަލުވެގެން ދިޔއެވެ. ބައެއް ރޭރޭ އީޝާއަށް ހޭނުލެވިގެން ،ޔާއިން އީޝާމެން ގޭ ފުރާޅަށް ގާއުކައިގެން އީޝާ ހޭލައްވައެވެ. ނަމަވެސް މިދެލޯބިވެރިންގެ މިގުޅުންތަކަށް މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ޔާނިއުގެ ގޭގެ ފޯނުބިލުބޮޑުވީއެވެ.

 ޔާނިއުގެ ބޭބެ ފޯނުބިލު ބޮޑުވި ސަބަބު ދިރާގަށް ގުޅައިގެން ބެލިއިރު އީޝާގެ މަންމަގެ ނަމްބަރު ވީ ކޮންމެދުވަހަކު ގިނައިރުތަކެއް ވަންދެން ގުޅައިގެން ވާހަކަދެކެވޭ ނަމްބަރަކަށް ވެފައެވެ. މިހާ ހިސާބުން މިދެލޯބިވެރިންގެ ބައްދަލުވުންތަކާއި ފޯނުކޯލުތަށް މެދުކެނޑިގެންދިޔައީއެވެ. ދެފަރާތުގެ ޢާއިލާއިން މިދެކުދިން ގުޅުމަށްނުރުހުނީއެވެ. ޔާނިއުގެ މައިންބަފައިން ޔާނިއު ކިޔެވުމަށް މާލެ ފޮނުވާލީއެވެ. ދެލޯބިވެރިންގެގުޅުން ހީނަރުވެގެންދިޔައީއެވެ. ނަމަވެސް އީޝާ ހިތުގެއެންމެ ފުންމިނުން ޔާނިއުއަށް އިތުބާރުކޮށް ލޯބިވިއެވެ. ދެމީހުން ދެތަނުގައި  ދިރިއުޅެން ޖެހުނުކަމުގައިވިޔަސް ވަކިނުވުމަށެވެ. 

ޔާނިއު މާލެ ދިޔުމަށްފަހު ކޮންމެ ހަފްތާއަކު އެއްފަހަރު އީޝާއަށްގުޅައެވެ. އީޝާގެ ރައްޓެހި އަންހެން ކުއްޖެއްގެ ނަމުގައެވެ. އީޝާގެ މަންމައަށް ސިއްރުންނެވެ. މިހެންވެ އީޝާ ހުންނަނީ ވަރަށް އުފަލުންނެވެ. ކިޔަވައި ނިމިގެން ކައިވެނި ކުރުމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް ކަންތަށް ވަމުންދިޔައީ އީޝާ އުއްމީދުކުރި ގޮތަކަށްނޫނެވެ. ޔާނިއު މާލެ ބަދަލުވުމަށްފަހު އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީއެވެ. އީޝާއަށް ސިއްރުންނެވެ. ޔާނިއު އާއި ނޫރާގެ ގުޅުމަށް 3 އަހަރު ވެގެންދިޔައިރު ޔާނިއު އާއި އީޝާގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައީއެވެ. ޔާނިއުގެ ލޯބީގައި ޖެހި އީޝާ އާއި ނޫރާ، މިދެކުދިން ތިބީ ހަމަރަނގަޅަށްވެސް ދީވާނާވެފައެވެ.  އީޝާ ސްކޫލް ނިއްމުމަށްފަހު ލިބުނު ޗުއްޓީގައި އޭނާގެ ދައްތަ އާއިއެކު މާލެ ދިޔައެވެ. 

ދައްތަގެ ރައްޓެއްސެއްގެ ގޭގެ ބެލްކަނީގައި އީޝާ އާއި ދައްތަ އަދި އީޝާގެ ބެސްޓް ފްރެންޑާއި 3 މީހުން ތިބީ ވާހަކަދައްކާށެވެ. ކުއްލިޔަކަށް އީޝާގެ ނަޒަރު ގޮސް ހުއްޓުނީ އީޝާމެން ތިބި ގޭގެ ކުރިމައްޗަށް މަޑުކޮއްލި ސައިކަލަށެވެ. ފެނުނު މަންޒަރުން އީޝާގެ ހިތް ހުއްޓުނު ކަހަލައެވެ. މަޑުކޮއްލި ސައިކަލް ދުއްވަން އިނީ ޔާނިއު އެވެ. ޔާނިއުގެ ފަހަތުގައި އިން އަންހެން ކުއްޖާ އިނީ ޔާނިއުގެ އުނަގަނޑުގައި ބައްދާލައިގެނެވެ. ސައިކަލް މަޑުކޮއްލުމާއިއެކު އަންހެން ކުއްޖާ ގޮސް ވަނީ ކުރިމަތީގައި ހުރި ފިހާރައަށެވެ. ހަމަ އެވަގުތު ޔާނިއުއަށް އީޝާ ހުރި ދިމާލަށް ބަލާލެވުނެވެ. ޔާނިއުއަށް ތެޅިގަނެވުނެވެ. 

 ހަމަނައެވަގުތު އީޝާ،ޔާނިއު ކައިރިޔަށް އައުމައްޓަކައި ތިރިއަށް ފޭބިއެވެ. އީޝާ ތިރިޔަށް ފައިބާ ބަލާލިއިރު އެތަނުގައި ހުރީ ޔާނިއުގެ ސައިކަލެވެ. ޔާނިއުއެއް ނެތެވެ. އީޝާއަށް ރޮވެންފެށިއެވެ. ހިތް ފަޅާއިގެން ދިޔަކަހަލައެވެ. އީޝާ ރޮމުން މައްޗަށް ދިޔައެވެ.އީޝާ ރުއި މަންޒަރު އޭނާގެ ރަހްމަތްތެރިޔާއަށް ފުނުނެވެ. އިތުރު ސުވާލެއް ކުރާކަށް އޭނާއަށް ހުރިހާ މަންޒަރެއް ފެނުނެވެ. 

ހަމައެވަގުތު އީޝާގެ ރަހްމަތްތެރިޔާގެ ފޯނަށް ޔާނިއު ގުޅިއެވެ. ހަލޯ އައިޝާތަ؟ މިއީ ޔާނިއު އީޝާ ކައިރީ ބުނެބަލަ އެއީ ޔާނިއުގެ ބިޓެއްނޫނޭ އެއީ ޔާނިއު ދައްތަގެ ކުއްޖެކޭ،ޕްލީޒް އައިޝާ، ނަމަވެސް އެވަގުތަކީ ޔާނިއުގެ ވާހަކަތަށް އަޑުއަހާކަށް އީޝާއަށް އެހާ ފަސޭހަ ވަގުތަކަށް ނުވިއެވެ. ޔާނިއުގެ ވަރަށްގިނަ މަސައްކަތަށްފަހު އީޝާ މަޑުމަޑުން ޔާނިއުގެ ވާހަކަތަށް ގަބޫލު ކުރަން ފެށިއެވެ. އަނެއްކާވެސް މިދެލޯބިވެރިން ގުޅުނީއެވެ. 

އީޝާ އެބުރި ރަށަށް އައީ ޔާނިއުގެ ފޮނިފޮނި ބަސްތަކުން ހިތް ފުރާލައިގެންނެވެ. އީޝާ ރަށަށް ދިޔުމުން އީޝާގެ މަންމަ އީޝާއަށް އުފަންދުވަހުގެ ހަދިޔާއަކަށް ފޯނެއް ގަނެދިނެވެ. އީޝާ އުފަލުން މަންމަ ގައިގައި ބައްދާލިއެވެ. ޔާނިއު އާއި ގުޅަން އީޝާއަށް ފަސޭހަވެގެން ދިޔައެވެ. ރޭގަނޑެއްގެ ވަގުތެކެވެ. އީޝާއިނީ ޑްރާމާއެއް ބަލާށެވެ. ކުއްލިޔަކަށް ފޯނު ރިންގްވާންފެށިއެވެ. 

އީޝާ ފޯނުނެގިއެވެ. ހަލޯ އީޝާތަ؟ މިއީ ކާކުކަން އިނގޭތަ؟ އީޝާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ.ތީ ކާކުތަ؟ މީ ނޫރާ އީޝާއަށް ޔާނިއުގެ ސައިކަލްފަހަތުން ފެނުނީ މި ނޫރާ،އަހަރެމެން ދެމީހުންނަކީ ދެ ލޯބިވެރިން ރައްޓެހިވެގެން އުޅޭތާ މިހާރު 3އަހަރު ވެއްޖެ، އީޝާ ތީ ދޮގެއް އެދުވަހު ސައިކަލް ފަހަތުގައި އިނީ ޔާނިއު ދައްތަގެ ކުއްޖެއް،އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު 5އަހަރު ވެއްޖެ ތިހަދަނީ ހަމަ ދޮގު އީޝާ ރުޅިއައިސްގެން ފޯނު ކަނޑާލިއެވެ. ނަމަވެސް އީޝާގެ ހިތުގަ ޝައްކު އުފެދެންފެށިއެވެ. އަދި ހަގީގަތް ހޯދަން ބޭނުންވިއެވެ. މިގޮތުން އީޝާ، ޔާނިއުގެ ގާތް ރައްޓެއްސެއް ކަމަށްވާ އުމަރަށް ގުޅިއެވެ. އަދި ހަޤީޤަތް ހޯދައި ދިނުމަށް އެދުނެވެ. ހަމަ އެވަގުތު އުމަރު ޔާނިއުއަށް ގުޅައިގެން ކޮންފަރެންސް ހެދިއެވެ. ޔާނިއު ފޯނުނެގުމުން އުމަރު ޔާނިއު ކުރެން އަހާލިއެވެ. ކިހިނެއް ހަދައިގެންތަ ތިއުޅެނީ، ކޮންމެވެސް އެކަކު ގެންގުޅެންވީނުން.ޔާނިއު ބުނެލިއެވެ. އަހަރެން ބޭނުން ދެމީހުންވެސް މިއަނޑު އަހާކަށް އީޝާއަކަށްކެތެއް ނުކުރެވުނެވެ. 

ތިހެންވިއްޔާ މިހާހިސާބުން މިނިމުނީ،އީޝާގެ މިޖުމްލަ އާއިއެކު ޔާނިއު އަނެއްކާވެސް ބުނެލިއެވެ. މިބުނީނުން އަހަރެން ބޭނުމޭ ދެމީހުންވެސް،އީޝާއަށް އިތުރު ހިތްވަރެއްލިބުނުކހަލައެވެ. އަހަރެންވެސް މިބުނީނުން ބަތްތަށީގެ އެއްފަޅިން ކާކަން އަހަރެން ބޭނުމެއްނޫން، މިހާހިސާބުން މިނިމުނީ މިހެން ބުނުމަށްފަހު އީޝާ ފޯނުބޭއްވިއެވެ. އަދި ހިތްފުރެންދެން ރުޔެވެ. އަދި ރަށުން އެއްވެސް ކުއްޖަކާ ވާހަކަ ނުދައްކަން ހިތުގައި އަޒުމު ކަނޑައެޅިއެވެ. ދުވސްތަށް ފާއިތުވަމުންގޮސް އެއްދުވަހެއްގެ ހަވީރު އީޝާ އިނީ ސައިބޯށެވެ. ފޯނު ރިންގްވާންފެށީއެވެ. އީޝާ ވަރަށް ފޫހި ގޮތަކަށް ފޯނަށް ޖަވާބު ދާރީވިއެވެ. ވާހަކަދައްކަނީ ރަށުކުއްޖެއްނޫންކަން އެގުމުން އީޝާވާހަކަ ދައްކަންފެށިއެވެ. ހާރިޝް އަކީ އީޝާގެ ރަށާއި ކައިރި ރަށެއްގެ ކުއްޖެކެވެ. ހާރިޝް ވަޒީފާ އަދާ ކުރަމުންދަނީ އެމް.އެން.ޑީ.އެފް ގައެވެ. އީޝާ އާއި ހާރިޝްގެ ގުޅުމަށް މާގިނަދުވަސް ތަކެއްނުވެ އެދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. އީޝާގެ މައިން ބަފައިންނާއި ދެކޮޅަށެވެ. ކައިވެންޏައްފަހު އީޝާމެންގެ ދިރިއުޅުން މާލެ ބަދަލުވިއެވެ. އީޝާ އައިލެނޑް އޭވިއޭޝަނަށް ވަޒީފާއަށް ނިކުތެވެ. 

ދެމަފިރިންގެ ޝެޑިއުލް ބިޒީވުމުން އެކުގައި ހޭދަކުރެވޭ ވަގުތު މަދުވެގެން ދިޔައެވެ. ދެމީހުންނަށް ލޯބިލޯބި ފިރިހެން ކުއްޖަކުލިބިއްޖެއެވެ. ހާރިޝްގެ އުޅުމަށް އަންނަ ބަދަލުތަކަށް އީޝާ މާބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. އާދައިގެ މަތިން އީޝާ ވަޒީފާއަށް ދިޔުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ފަތިހު ހޭލައިގެން ދަރިފުޅުގެ ބުއްފުޅި ތައްޔާރު ކުރެއެވެ. ތައްޔާރުވާން އުޅުމުގެ ތެރޭގައި ހާރިޝްގެ ފޯނައް ވަރަށްގިނަ  މެސެޖް އަންނާތީ އީޝާ ހާރިޝްއަށް ގޮވާލިއެވެ. 

މިގަނޑީގައި ކާކުތަ މާގިނައިން މެސެޖް ކުރަނީ، ހާރިޝް ރުޅިއައިއްސަ އީޝާ ދިމާލަށްބުނެލިއެވެ. ކަލެޔަކާއި ބެހޭ ކަމެއްނޫން އެއީކީ މަކޮންމެ ކަމެއްކުރިއްޔާ ކަލެޔަށް ކީއްތަ؟ ތިހެން އިންނަން ޖެހޭނީހަމަ، އީޝާ ހާރިޝްއާއި ދިމާލަށް އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. ހާރިޝްދެކެވީ ފޫހިންނެވެ. އެހާހިސާބުން އީޝާ ނިންމީ ހާރިޝް އާއި ވަކިވުމަށެވެ. އެދުވަސްތަކުތެރެއިން ދުވަހެކެވެ. ޢީޝާ އިނީ އޮފީހުގައެވެ. އޮފިހުން މީހަކު އީޝާއާއި ބައްދަލުކުރުމަށް ކޮންމެވެސް މީހަކު ބޭރުގައިހުރި ވާހަކަ ބުނުމުން އީޝާ ބޭރަށް ނިކުތެވެ.އީޝާއަށް ލބުނީ ހައިރާން ކަމެކެވެ. އަދި އެހާމެ އުފާވިއެވެ. ޔާނިއު ކިހިނެއްވީ އީޝާއަށް ސުވާލު ކޮށްލެވުނެވެ. އީޝާ އަދިވެސް ތިހިރީ އަހަރެންދެކެ ރުޅިއައިއްސަތަ؟ޔާނިއު އީޝާކުރެން އަހާލިއެވެ. 

ނޫން އަހަރެން ހިތް ޔާއިންއަށް ވަރަށް ސާފު އީޝާ ބުނެލިއެވެ. އަހަރެން މިއައީ އީޝާގެކިބައިން މައާފަށް އެދެން، އަހަންނަށް މައާފް ކުރާތި އީޝާ ،މިހާ ހިސާބުން އަނެއްކާވެސް ދެމީހުންގެ ގުޅުންބަދަހިވާންފެށިއެވެ. އީޝާ އާއި ހާރިޝްގެ ކައިވެނި ރޫޅުނީއެވެ.އަނެއްކާވެސް ޔާނިއު އާއި އީޝާ ލޯބީގެގޮތުން ގުޅުނީއެވެ. ޔާނިއު އާއި އީޝާ ކައިވެނި ކުރަން ނިންމިއެވެ. ނަމަވެސް ޔާނިއުގެ އާއިލާ މީހުން ނުރުހުނެވެ. އީޝާގެ ދަރިޔަކު ހުރުމުންނެވެ. ޔާނިއުއަށް އާއިލާޔާއި ދެކޮޅަށް އީޝާއާއި ކައިވެނިކުރާކަށް ނުކެރުނެވެ. އަނެއްކާވެސް ޔާނިއު އީޝާ ދޫކޮއްލީއެވެ. އީޝާގެ މުޅި ދުނިޔެ ބަނަވިކަހަލައެވެ. ދިރިއުޅުންމަތިން ފޫހިވިއެވެ. ދުވަހަކުވެސް މީހަކާ ނުއިންނާނަމޭ ހިތަށް އެރިއެވެ.

 އޭގެ 5އަހަރު ފަހެވެ. އީޝާ އޭނާގެ ދިރިއުޅުން ރަށަށް ބަދަލުކުރިއެވެ. ރަށު މީހަކާއި އިނދެގެން ރަށުގައި ދިރިއުޅުމަށް ގަސްތުކޮށްގެންނެވެ. އެގޮތުގެ މަތިން އީޝާ ރަށުން މީހަކާއި އިނެވެ. ނަމަވެސް އީޝާއަށް އިނދެވުނީ އަނިޔާކުރާ މީހަކާއެވެ. އީޝާއަކަށް މިދިރިއުޅުމުގަ ކެތެއް ނުކުރެވުނެވެ.އީޝާ ޑިޕްރެޝަންގަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ކައިވެނިވެސް ރޫޅާލިއެވެ. އަދި ޑިޕްރެޝަން އިން ނިކުތުމައްޓަކާ އިތުރު މަސައްކަތެއް ކުރަން އީޝާ ބޭނުންވިއެވެ. އެގޮތުން މާލޭގަ ހުރި އީޝާގެ ރައްޓެއްސެއް ކައިރިޔަށް އޭނާ ކުރާމަސައްކަތް ބަލާލަން އީޝާދިޔައެވެ. އެވަގުތު ޔާއިން އެތާނގައި ހުރިތަން ފެނުމުން އީޝާއަށް ރުޅިއާދެވުނެވެ. 

އެވަގުތު ޔާއިން އީޝާ އާއި ވާހަކަ ދައްކަން އުޅުމުން ބޭކާރު ވަގުތު ހޭދަކުރެވެން ނެތް ކަމަށްބުނެ އަހަރެންނަށް ތަން ދައްކާލަދިނުމަށް އޭނާގެ ރައްޓެހި މީހާކުރެން އެދުނެވެ. އީޝާގެ އެދުމުގެ މަތިން އީޝާއަށް ތަން ދެއްކުމަށްފަހު ޔާއިންގެ ދިރިއުޅުމާއި ބެހޭގޮތުން އީޝާއާއި ވާހަކަ ދެއްކިއެވެ. އަދި ޔާއިން މިވަގުތު އެހުރީ ވަރަށް އެކަނިވެފައި ކަންވެސް އެނގުނެވެ. އީޝާ ވަރަށްދެރަވިއެވެ. އަދި  ފޭސްބުކުން އީޝާ މެސެޖެއް ފޮނުވިއެވެ. ރަމަޟާން މުބާރިކް! މިގުޅުން ވެގެން ދިޔައީ އުފާވެރި ކައިވެނީގެ ގުޅުމަކަށެވެ. ދެފަރާތު އާއިލާގެ ރުހުމާއިވެސް އެކުގައެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް