ads
ބީއެމްއެލް ޕީއޯއެސް މެޝިން
ބީއެމްއެލްގެ ކާޑުތަކުގެ ކްރެޑިޓް ލިމިޓް ބޮޑު ކުރަނީ
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ ކްރެޑިޓް ލިމިޓް ބޮޑު ކުރަން ނިންމާފައިވާކަން އެ ކުންފުނީގެ ސީއީއޯ ޓިމް ސޯޔާ ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ކްރެޑިޓް ލިމިޓް ބޮޑުކުރަން ނިންމާފައިވާ ނިންވަރެއް އޭނާ ހާމައެއް ނުކުރައްވައެއެވެ. 

ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބީއެމްއެލުން ބަދަލު އެންމެ ފުރަތަމަ ގެނައީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތަށް ބަދަލުކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޑޮލަރުގެ ތާށިކަން ދިމާވެފައި ވަނިކޮށް، ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު މަދު ކުރުމަށެވެ. 

ކާޑުތަކުގެ ލިމިޓް ކުޑަކުރި ނަމަވެސް، ބޭރުގެ ކޮލެޖުތަކާއި ޔުނިވާސިޓީ އަދި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭގޮތައް އޮތީ ހަމަޖައްސާފައެވެ.  އަދި މިހާރު އޮތް އުސޫލާ އެއް ގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮލަރު ނެގޭނެ އެވެ.   

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް