ads
ޝަހުބާން ފަހުމީ (ކ) އަދި ނައިބު ރައީސް ޠަގީފް:- ފޮޓޯ މީޑިއާ ކައުންސިލް
ޝަހުބާން އިސްތިއުފާ ދިނުމަށް ގޮވާލާ ނުވަ މެންބަރުންގެ ގަރާރެއް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްތިއުފާ ދިނުމަށް ގޮވާލާ ނުވަ މެންބަރުންގެ ގަރާރެއް ނެރެފިއެވެ.

މި ގަރާރުގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކުން މައްޗަށް ކުރާ މަނީލޯންޑަރިންގެ ތުހުމަތުތަކަކީ ދިވެހިރާއްޖޭގެ ބޮޑެތި މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެންބަރުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. 

"ދިވެހި މީޑިއާގެ އަހްލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ މުއައްސަސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ކަމަށް،" އަގުލަބިއްޔަތު މެންބަރުން ދެކޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

ޝަހުބާން ފަހުމީގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީއަށް ހުށަހަޅާފަ އެވެ. 

މަޖިލީހުގެ ކޮމެޓީގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހުބާން ބުނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުން މަނީ ލޯންޑަރިންގެ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، ކުރެވެނީ ތުހުަތު ތަކެއް ކަމަށެެވެ. 

ޝަހުބާން  މަޖިލީހުގައި ބުނީ ފުލުހުން ހިންގާ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން މީޑިޔާ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް