ads
ތުރުކީގެ ރައީސް އަދި އދ ގެ ސެކެރެޓަރީ ޖެނެރަލް:-
ޓާކީގެ ނަން ތުރުކީ އދ އިން ބަދަލުކޮށްފި
ޓާކީގެ ނަން ތުރުކީ އަށް އދ އިން ބަދަލުކޮށްދީފި އެވެ.

އެގޮތުން ކުރިން ލިޔަމުން ދިޔަގޮތަށް “Turkey”ގެ ބަދަލުގައި މިހާރު ލިޔަންޖެހެނީ   “Türkiye" އެވެ. 

މި ބަދަލަކީ ތުރުކީގެ އެދުމަކަށް އދ އިން ގެނެސްދިން ބަދަލެކެެވެ.

އދ ގެ ސްޕޯކްސް ޕާސަން ސްޓެފެން ޖުޑޭރިކް ވިދާޅުވީ އަންގާރަ ދުވަހު ތުރުކީ ވިލާތުފޮރިން މިނިސްޓަރުގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެ ސިޓީގައިވާގޮތަށް މީގެފަހުން ތުރުކީ ވިލާތުގެ ނަން ބޭނުންކުރާނީ "Türkiye" މިގޮތަށްކަމަށް އދ ގެ ސެކެރެޓަރީ ޖެނެރަލް ނިންމަވާފައިވާކަމަށެވެ.    

"ސިޓީ ލިބުނު ދުވަހުން ފަށައިގެން ވަނީ އެގޮތަށް ނަން ބަދަލުކުރެވިފައި،" އދ ގެ ތަރުޖަމާން

އދ ގައި މި އެދުން އެދުމުގެ ކުރިން ތުރުކީން ވަނީ ބައެއް އެންބަސީތަކާއި ކޮންސިއުލޭޓްތަކުގެ ނަންވެސް ބަދަލުކޮށްފައެވެ. މި މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް