ads
ރޭޕް
ކުއްޖަކަށް ޖިންސީ ގޯނާ ކުރި ލަންކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފި
އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލަ އާއި ގުޅިގެން ލަންކާގެ ސިފައިންގެ އޮފިސަރެއް ހައްޔަރުކޮށްފި އެވެ.

މިމައްސަލަ އާއި ގުޅިގެން ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ އަކީ ސިފައިންގެ އޮފިސަރެއް ކަމަށެވެ. 

އަދި އޭނާ ވަނީ އަންހެން ކުއްޖާ އަށް އެކިފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ކަމަށާއި، އަންހެން ކުއްޖާގެ ބަރަހަނާ ވީޑިއޯ ތައްވެސް އެ ފިރިހެން މީހާ އަތުގައި ހުރި ކަމަށް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ ހައްޔަރުކުރި މީހާ އަކީ މީގެ ކުރިން ވެސް ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި، އެހެންނަމަވެސް އެކަށިގެންވާ ހެކި ނެތުމުގެ ސަބަބުން އޭނާ ވަނީ ދޫކޮށްލާފަ ކަމަށެވެ. 

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސިފައިންގެ މީހާގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް