ads
ހުޅުމާލެ: ފޮޓޯ އެޗްޑީސީ
ފުޓުބޯޅަ ކުޅެން ހުރި ޒުވާނެއް މަރުވެއްޖެ
ފުޓު ބޯޅަކުޅެން ހުރި ޒުވާނެއް މަރުވެއްޖެއެވެ.

މަރުވެފައިވަނީ، އުމުރުން 30 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

"ފުލުހުން ބުނީ، މިރޭ 8:20 ހާއިރު ފުލުހުން ހުޅުމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެ ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑިމައްޗަށް ލައިގެން އަންނަތަން ފެނުނު. ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން މީހަކު ފުޓްބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވޭ،"

އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ވެހިކަލް ގެނެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. 

"ހޮސްޕިޓަލަށް އެމީހާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލުމާތު ދޭ،" ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް