ads
އުދަ ރާފާނެކަމަށް ބެލެވޭތީ ވައިޓް އެލާޓު ނެރެފި
ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްރަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް ބުނެ ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް އިން ވައިޓް އެލާޓު ނެރެފިއެވެ.

ވައިޓް އެލާޓު ނެރެފައިވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު 13:00 އިން 17:00 އަށެވެ. 

މެޓުން ބުނީ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވާކަމަށެވެ. 

"އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. " -މެޓް-

ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. 

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިނުމަށް ވެސް ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް