ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި މައްސައްކަތް އަވަސްކުރުމުގެ ގޮތުން އިތުރަށް ހަރަދު ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ އެފްކޮންސް އަށް އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ބުރިޖުގެ މަޝްރޫއު ހުއްޓުމެއްނެތި ނިމެންދެން ކުރިއަށްދާނެ ކަމަށެވެ.
ވިލިމާލެއާ ހަމައަށް ބްރިޖް ގުޅުވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމަން 26 މިލިއަން ޑޮލަރު އިތުރަށް ދޭން އެ މަސައްކަތް ހަވާލުކުރި އެފްކޮންސް އިން އެދިފައިވާ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓް ކޮށްފައިވެ އެވެ. އެކަމަކު އަގަށް ދިވެހި ސަރުކާރުން އެއްބަސް ނުވާ ކަމުގަ އެވެ.
ތިލަ-މާލެ ބްރިޖްގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު މި ބުރިޖުގައި ވިލިމާލެ އާއި ގުޅީފަޅާއި މާލެ އާއި ގުޅާލެވޭނެ އެވެ. ބުރިޖުގެ މަސައްކަތައް ޖުމްލަ 7.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައިވާއިރު މި މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.