ads
ރައީސް ސޯލިހާއި ރައީސް ނަޝީދު
ރައީސް ރިޔާސީ އިންތިހާބު ޔަގީން ކުރެއްވުން ނަޝީދަކަށް ހަޖަމެެއް ނުވި
މީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަމަދު ސޯލިހު މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. 

މިކަމަށް ރައްދުދެއްވައި ރައީސް ނަޝީދު ޓުވިޓާގައި ވިދާޅުވީ މީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށެވެ. 

"އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައނަގަންވީ ވަގުތެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ މީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާއިމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ. 

ރައީސް މިއަދުވަނީ ގައުމުގެ ދަރަނީގެ ވާހަކަ ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ 

ދަރަނި ދެއްކުމުގައި ބޮޑު ގޮންޖެހުމެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

އެގޮތުން އެ ޔަގީންކަން ދެއްވަނީ ސޮވެރިން ގެރެންޓީ ފަންޑަށް އެކަށީގެންވާ ފައިސާ ލަމުން އަންނާތީކަމަސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް އެ ފަންޑުގައި ހަތަރު ބިލިއަން ރުފިޔާ އެބަހުރިކަމަށެވެ. އަދި ރާއްޖެއިން ދެން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހޭނީ 2026 ވަނަ އަހަރުކަމަށާއި، އެއީ 600 މިލިއަން ޑޮލަރުކަމަށް ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް