ads
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑޯޕީ) އިން އެ ޕާޓީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެޕާޓީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލާން ބޭނުންވާ އެޕާޓީގެ މެމްބަރުންގެ ތެރެއިން ޝަރުތު ހަމަވާ މެމްބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވާކަމަށާއި، މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. 

އަދި މި މަގާމަށް ފޯމު ހުށަހެޅޭނީ، އެ ޕާޓީގެ އަސާސީ ގަވައިދުގެ 54 ވަނަ މާއްދާގައި ހިމެނިފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުންނަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. 

އެމްޑީޕީގެ އަސާސީ ގަވައިދުގެ 54 ވަނަ މާއްދާގައި ބުނާ ޝަރުތުތައް

  1. އިސްލާމިކް ޔުނިވާސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވާސިޓީއަކުން ލިބިފައިވުން 
  2. އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
  3. ދީނީ ތަގުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
  4. ހާފިޒުކަމުގެ ސަނަދުއޮތުން
  5. އިމާމްކޯހުން ނުވަތަ ގާޒީ ކޯހުން ފާސްވެފައިވުން

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީސް އެންމެ ފަހުން އެކުލަވާލާފައި ވަނީ 2011 ވަނަ އަހަރު އެވެ. އަލުން އިސްލާމް ދީނުގެ މަޝްވަރާ މަޖިލީސް އެކުލަވާލުމަކީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އެމަގާމު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓާ ފައްޔާޒު އިސްމާއީލު ވެވަޑައިގެންނެވި ވައުދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް