ads
ރައީސް މާމިގިލީގައި
2023 ޔަގީން ކަމަށް ވިދާޅުވެ ރައީސް ގާސިމް އަރިހަށް
އަންނަ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކޯލިޝަނާއިއެކު އޮވެގެން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް އދ. މާމިގިއްޔަށް ވަޑައިގެންފި އެވެ.

ރައީސް މާމިގިއްޔަށް ވަޑައިގެންނެވުމުން އެ ރަށުން ރައީސްއަށް މަރުހަބާ ވިދާޅުވީ، ހުދު، ކޯލިޝަން ޕާޓްނަރު ގާސިމް އެވެ. ގާސިމުގެ ފްލައިމީގެ ބޯޓަކުން ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގެންނެވިއިރު، އެއަޕޯޓުން ރައީސްއަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވާފަ އެވެ. 

ރައީސްގެ މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއްކަން ރައީސް އޮފީހުން ސީއެންއެމްއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން މިދަތުރުފުޅުގައި 2023ގެ ރަސްމީ މަޝްވަރާތައް ކުރެވޭނެތޯ ސުވާލުކުރުމުން، ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ، ދަތުރުފުޅާއި ބެހޭ އިތުރު ތަފްސީލު ފަހުން އަރުވާނެ ކަމަށެވެ.

ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގެންފައި މިވަނީ، ޖޭޕީން 2023ގައި ކުރިމަތިލާނެ ކަން އިއުލާންކޮށްފައިވަނިކޮށެވެ. ނަމަވެސް އެ ޕާޓީން ބުނީ، ކުރިމަތިލާނީ ކޯލިޝަނުގައިތޯ އަދި ނުނިންމާ ކަމަށެވެ. 

ރައީސް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކޯލިޝަނުގައި އޮވެގެން އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، އެނޫން ގޮތަކަށް އިންތިހާބު 2023ގައި ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް