ads
ފޮޓޯ: ދިޔަރެސް
ރާއްޖޭގައި ހުރި ރާއްޖޭގައި ރަސޫލާއަށް ފުރައްސާރަކުރި އިންޑިޔާ މީހެއް ބަރަހަނާ ކޮށްފި
ރާއްޖޭގައި ހުރެ މި އުއްމަތުގެ މާތް ނަބިއްޔާ ރަސޫލާ صلى الله عليه وسلم އަށްފުރައްސާރަ ކުރި އިންޑިއާ މީހަކު ބަރަހަނާކޮށް ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިންގީ އިއްޔެގެ ވަގުތެއްގަ އެވެ. މި އިންޑިއާ މީހާ އަކީ އަމީންގިރީގައި މަސައްކަތްކުރާ މީހެކެވެ. އެ މީހާ ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނީ އެތަނުގައި ތިބި ބަންގްލަދޭޝް މީހުންގެ ކައިރީގަ އެވެ. 

އެކަމާއި ގުޅިގެން އެ ތަނުގައި ތިބި ބަންގްލަދޭޝް މީހުން ވަނީ އެމީހާ ފަހާ ދުވެ ގޮސް އެމީހާ ބަރަހަނާ ކޮށްފަ އެވެ. އަދި އެމީހާއަށް ބައެއް އަނިޔާތައްވެސް ލިބިފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

"އެމީހާ އެތާ ތިބި ބަންގްލަދޭޝް މީހުން ކައިރީ ރަސޫލާއަށް ބަދުބަސް ބުނެ ފުރައްސާރަކޮށް ވާހަކަ ދެއްކީ. އެކަމާއި ގުޅިގެން ބަންގްލަދޭޝް މީހުން އެ އިންޑިއާ މީހާ ފަހާ ދުއްވައިގަތީމަ އޭނާ ގޮސް އެރީ ފަޅުގައި އޮތް ލޭންޑިން ކްރާފްޓް އަކަށް. ބަންގްލަދޭޝް މީހުން ގޮސް އެ އިންޑިއާ މީހާ ލޭންޑިން ކްރާފްޓުގައި ހުއްޓާ އޭނާ ބަރަހަނާކޮށް ތަޅާ ހެދީ." އެތަނުގައި ހުރި ދިވެއްސެއް ބުންޏެވެ. 

އެމީހާއަށް ހަމަލާދޭން ފެށުމުން އެމީހާ ސަލާމަތް ކޮށްގެން އެ ސަރަހައްދުގައި ތިބި ދިވެހިން ވަނީ އަމީންގިރީގައި މަސައްކަތްކުރާ މީހުން ތިބޭ އަމީންފުއްޓަށް ގެންގޮސްފަ އެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައި ވާކަމަށްވެސް ދިވެހި މީހާ ވަނީ ބުނެފަ އެވެ.

މި މައްސަލަ ފެންމަތިވެފައި ވާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ދެ މެމްބަރަކު ދެއްކި ވާހަކަތަކާއި ގުޅިގެން މުސްލިމް ގައުމުތަކުން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ދެ މީހަކު ފުރައްސާރަ ކުރި މައްސަލައާއި ދެކޮޅަށް މާދަމާ ހަވީރު މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

87%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް