ads
މިނިސްޓަރު އަސްލަމް މިއަދުގެ ޖަލްސާގައި---
ލާމަރުކަޒީ ނިޒާމް ހިންގޭނީ ދަތުރު ފަތުރާއެކީ: އަސްލަމް
ލާމަރުކަޒީ ނިޒާމް ހިންގޭނީ ދަތުރުފަތުރާ އެކީ ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"އިންޓެގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކް"ގެ ދަށުން، ރާއްޖެ ޓްރާންސްޕޯޓް ލިންކު(އާރުޓީއެލް)، ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު  ވިދަޅުވީ ރަށުބަންދު ފިލުވުމަށް ދަތުރުފަތުގެ ނިޒާމަކީ ކޮންމެހެން "ލާޒިމު" ކަމެއް ކަމަށެވެ.

އާރުޓީއެލް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމެކެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރެއިން ލިބެނީ އިގްތިޞާދީ ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމްވެސް ހިންގޭނީ ދަތުރުފަތުރުކުރުމުގެ ނިޒާމަކާ އެކީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން މީހުން ތިބެނީ ރަށު ބަންދުގައި އަޅުގަނޑުމެން ދެކޭ ގޮތުގައި މި ދަތުރުފަތުރުގެ ނިޒާމާ ނުލައި އަޅުގަނޑުމެން މިތިބަ ހިސާބުން އިތުރަށް ދިވެހިރާއްޖެ ތަރައްގީ ކުރުމަށް އުނދަގޫވާނެ," 

މިނިސްޓަރުވިދާޅުވީ ރޭ ފެށި ފރީގެ ނިޒާމަކީ އޭގައި ޒަމާނީ ފެންވަރެއް ހުރި ބާރު ސްޕީޑްގައި ދަތުރުކުރާ ފަސޭހަކަމާއި އެކީގައި ދަތުރުކުރެވޭނެ ނިޒާމެއްކަމަށެވެ. 

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލައި ރައްޔިތުން ރަށު ބަންދުން ވީއްލުމަކީ މިސަރުކާރުގެ ތަސައްވަރެއްކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ, މިއަދު އިފްތިތާހްކުރި ދަތުރުފަތުރުގެ ނިޒާމް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެގޮތުން "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ފަށާފައިވާ ބޮޑު މަޝްރޫއުއެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް