ads
ހުޅުމާލޭ ވިޔަފާރި ބަނދަރު
ކޮންޓެއިނަރުން ރާއްޖެ އެތެރެކުރީ 4 މިލިއަންރުފިޔާގެ މަސްތުވާތަކެތި
އިންޑިޔާއިން ރާއްޖެއަށް އެތެރެކުރި ކޮންޓެއިނަރުގައި ހުރީ ހަތަރު މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރި ކޮންޓެއިނަރަކުން ފެނިފައި ވަނީ ހަތަރު މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށެވެ. 

އިންޑިޔާއިން ރާއްޖެ އެތެރެކުރި މި ކޮންޓެއިނާގައި ދެ ޕެލެޓް މަސްތުވާތަކެތި ހުރިއިރު ކޮންޓެއިނަރު އެތެރެ ކޮށްފައި ވަނީ ޓޮމާޓޯ ޕޭސްޓް އާއި ދަޅު ކާނާގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން ކުރިން ވަނީ ބުނެފަ އެވެ.

މިތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްްގެ ތެރެއިން މުދާ ޝިޕްމަންޓެއް ބަލާ ފާސްކޮށްގެންނެވެ.

މި ކޮންޓެއިނާ ރާއްޖެ އެތެރެކޮށްފައިވަނީ އިންޑިޔާގެ ޓުޓިކޮރިންއިން ކަނޑުމަގުނެވެ. 

ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގަނެފައި ވެއެވެ. އެއީ މަގުމަތީގެ އަގުންނަމަ ހަތަރު މިލިއަން ރުފިޔާގެ އަގެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް