ads
އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދު
އެމްއެންޔޫއިން މަސައްކަތު މީހަކު ވަކިކުރީ ގާނޫނާ ޚިލާފަށް
ޤާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި މަސައްކަތު މީހަކަށް އަލުން އަނބުރާ ވަޒީފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުގައި މަސައްކަތު މީހެއްގެ މަގާމު އަދާކުރަމުން ދިޔަ އަންހެނެއް، ޔުނިވަރސިޓީގެ އިންޓަރނަލް އޮޑިޓަކަށް ފަހު މަގާމުން ވަކިކުރި މައްސަލައާ ގުޅިގެން އެ އަންހެން މީހާގެ ފަރާތުން ދައުވާ ކުރި މައްސަލައެކެވެ. އެ އަންހެން މިހާއަކީ ދެހާސް ތޭރަވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެމްއެންޔޫގެ ގަމު ކެމްޕަހުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށް ކަނޑައަޅައި، އެ ސަބަބަށްޓަކައި ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށާއި އަދި އެ ފަރާތަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށް ކަނޑައަޅާފައިވޭ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، އޭނާ މަގާމުން ވަކިކުރުމުގައި އިޖުރާއީ ގޮތުންވެސް އަދި މައުލޫއީ ގޮތުންވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން އެމްއެންޔޫއިން ފުރިހަމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. ޓްރައިބިއުނަލުން އެމްއެންޔޫގެ މައްޗަށް އަމުރުކޮށްފައިވަނީ، ބުދަ ދުވަހުން ފެށިގެން އެކާވީސް ދުވަހުގެ ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދިނުމަށް ފަހު އެކަން ތިން ދުވަސް ތެރޭ އެ ޓްރައިބިއުނަލަށް އެންގުމަށެވެ.

އެމްއެންޔޫގެ މަސައްކަތު މީހަކު ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، މީގެ ކުރިންވެސް އެ ޔުނިވަރސިޓީން ގަވައިދާ ހިލާފަށް މުވައްޒަފުން ވަކިކުރި މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. އޭނގެ ތެރޭގައި ލެކްޗަރާއިންނާއި އަދި އެ ނޫންވެސް އިދާރީ މުވައްޒަފުންގެ ކޭސްތައް އާއްމުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް