ads
ޗައިނާގެ ސައިންސްވެރިން އޭލިއަން ކަމަށް ބުނެފައިވާ ފޮޓޯ
ޗައިނާ އަށް "އޭލިއަންގެ އަޑު" އިވިއްޖެ
ޗައިނާގެ ސައިންސްވެރިންނަށް މި ހަފްތާގެ ތެރޭގައި އޭލިއަނުންގެ އަޑުކަމަށް ބުނާ އަޑުތަކެއް އިވިފައިވާކަމަށް އެގައުމުގެ ސައިންސް އެއްނޑް ޓެކްނޮލޮޖީ ނޫހުން ބުނެފި އެވެ.

އޭލިއަން އަކީ އުޅޭ އެއްޗެއް ކަމަކަށް މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ހޯދިފައެއް ނުވެ އެވެ. 

ޖައްވުގެ ތެރޭގައި އޭލިއަނުންގެ ހަބަރެއްވޭތޯ ބެލުމަށް ޗައިނާގެ ޖައްވީ ސައިންސްވެރިން މަސައްކަތްކުރަމުން އަންނަތާ މިހާރު ގައުރުނެއްވާން ކައިރިވަނީ އެވެ. އަދި މިފަދަ އިޝާރާތެއްވެސް މީގެ ކުރިން ފެނިފައެއް ނުވެ އެވެ.

އޭލިއަނުންގެ އަޑު ކަމަށް ބުނާ އަޑެއް ސައިންސްވެރިން ދެނެގަނެފައިވަނީ ޖައްވީ ދިރާސާތައް ކުރުމަށް ބޭނުންކުރާ  "ސްކައި އައި" ޓެލަސްކޯޕް މެދުވެރިކޮށެވެ. މިއަޑު އައިސްފައިވަނީ ދުނިޔެ އޮތް ސެޓެލައިޓުގެ ބޭރުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

your imageޗައިނާއިން ކުރިއަށްގެންދާ ޖައްވީ ދިރާސާތަކުގެ ފޮޓޯއެއް

ޗައިނާގެ ޑެއިލީ ނޫހުން ވަނީ މިކަން ހާމަކޮށްދިނުމުގެ ގޮތުން ގެނެސްދިން ހަބަރު މިހާރު އެވެބްސައިޓުން ނަގާފައިވާއިރު ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް މި ވީޑިއޯގައި އެފަދަ އަޑެއް ނުވަތަ މަންޒަރެއް ފެނިފައެއް ނުވެ އެވެ. 

ޗައިނާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ހަވާލާދީ ޑެއިލީ ނޫހުން މިގޮތައް ހާމަކޮށްފައިވާއިރު ޗައިނާއިން ދަނީ ޖައްވީ ކަންކަމުގައި ހުޅަނގުގެ ގައުމުތަކާއި ވަރަށްބޮޑެތި ވާދަތަކެއްވެސް ކުރަމުންނެވެ. 

your imageޗައިނާގެ ގުއިޒޯ ޕްރޮވިންސްގައި ހުންނަ ޖައްވީ ދިރާސާ ކުރާ ޓަވަރު

އޭލިއަނުންގެ އަޑު މީގެކުރިންވެސް ޗައިނާގެ ސައިންސްވެރިންނަށް އިވިފައިވާ ކަމަށް އެގައުމުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން 2019 ވަނަ އަހަރުގައި ވެސް އެގައުމުގެ ސައިންސްވެރިން މިފަދަ އަޑުތަކެއް ޖައްވީ ދިރާސާ ތަކުން ދެނެގަނެފައިވާކަން ވަނީ އޭރު ހާމަކޮށްފަ އެވެ. 

ޗައިނާގެ ސައިންސްވެރިން އަންނަނީ މިކަމުގައި އިތުރަށް ދިރާސާތައް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

48%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް