ads
މިސްކިތުގައި 200 އަށްވުރެ ގިނަ އިންޑިއާ މީހުންތިބި ކަމަށް ވޭ——
އެއީ މިސްކިތުގެ ދަފްތަރުން އުނިކޮށްފައިވާ އިމާރާތެއް، ދެން ކުއްޔަށް ނުދޭނަން: ކައުންސިލް
ފ. ދަރަބޫދޫގައި ބިދޭސީން ދިރިއުޅެން މިސްކިތެއް ދޫކޮށްފަ ހުންނާތީ އަމާޒުވި ފާޑުކިއުންތަކާއި ގުޅިގެން އެތަން ކުއްޔަށް ދިނުން ނިމުމަކަށް ގެނެސް، ކުރިއަށް އޮތްތާގައި އެފަދަ ބޭނުންތަކަށް އެތަން ކުއްޔަށް ނުދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ދަރަބޫދޫ ނަރުދަމާގެ މަސައްކަތް ކުރަން އައިސްފަތިބި ބިދޭސީ މަސައްކަތްތެރިންތަކެއް އެ ރަށު މިސްކިތުގައި ނިދާ މައްސަލައެއް ފެންމަތިވެ، އަމާޒުވަމުންދާ ފާޑުކިއުންތަކާއި ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި "ދާރުލްއުލޫމް" އަކީ އެތަނުގައި ގަބުރު ހުންނާނެކަމަށް ލަފާކުރެވިގެން 2017ވަނަ އަހަރު ބޭނުންކުރުން ހުއްޓާލުމަށްފަހު މިސްކިތުގެ ދަފްތަރުން އުނިކޮށް އިސްލާމިކް މިނިސްޓްރީން އެ ކައުންސިލާއި "ހަވާލުކޮށްފަވާ އިމާރާތެއް" ކަމަށެވެ.

"އެ އިމާރާތް މި ކައުންސިލާއި ހަވާލުކުރިފަހުން މި ކައުންސިލުން އެކިއެކި ބޭނުންތަކަށް އެ އިމާރާތް މިދަނީ ބޭނުންހިފަމުން ނެވެ. އަދި 2020ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުން އައިސްފައިވެ އެވެ. ކައުންސިލުން މިހާރު ނިންމާފައިވަނީ މިއިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް، ކުރިއަށް އޮތްތާގަ މިފަދަ ބޭނުންތަކަށް އެ އިމާރާތް ދޫނުކުރުމަށެވެ" އެ މިސްކިތުގައި ބިދޭސީން ދިރިއުޅެމުންދާ މަންޒަރު ފެންނަ ވީޑިއޯ ކުށްވެރިކޮށް ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފަ ވެއެވެ.

އެ މިސްކިތް މީގެ ކުރިން ވަނީ، 2020ވަނަ އަހަރު އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީ މަސައްކަތްތެރިންނަށްވެސް 10،000 ރުފިޔާއަށް ކުށްޔަށް ދޫކޮށްފަ އެވެ. މީހުން އެ މިސްކިތުގައި ދިރިއުޅޭ މިމައްސަލަ ފެންމަތިވީއިރު، އެތަނުގައި ތިބީ ފެނާއި ނަރުދަމާގެ މަސައްކަތްކުރާ އިންޑިއާގެ އެސްއެމްސީ އިންފްރަސްޓްރަކްޗާ ކުންފުނީގެ މުވައްޒަފުން ނެވެ.

"މި އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް އެދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މި ކައުންސިލްގައި އެދިފައިނުވާ ކަމުގައި ވެސް ދަންނަވަމެވެ. ދަރަނބޫދޫ މިސްކިތެއްގައި ބިދޭސީން ދިރިއުޅޭ ކަމަށް ބުނެ، ދައުރުކުރަމުންދާ ވީޑިއޯއަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމުގެ ހަގީގަތް އޮޅުވާލާ، މި ރަށާއި، ރަށުގެ ރައްޔިތުން އަދި ކައުންސިލާއި ސަރުކާރު ބަދުނާމުކުރުމަށް ބަޔަކު ރާވާގެން ހިންގާފައިވާ ކަމެއްކަމަށް ކައުންސިލުން ދެކެމެވެ. އަދި މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ކައުންސިލުގެ ބަޔާނުގައި ބުނެފަވެ އެވެ.

މި މައްސަލަ ފެންމަތިވެ، އަމާޒުވި ފާޑުކިއުންތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. 

މިނިސްޓްރީން ބުނީ، އެމިސްކިތް ކައުންސިލާއި ހަވާލުކުރީ އެތަން ބޭނުން ނުކޮށް ހުންނާތީ، ގުރުއާން ކްލާހެެއް ހިންގުމަށް އެތަން ދިނުމަށް ކައުންސިލުން އެދުމުން ކަމަށާއި، އޭގެފަހުން އެތަނުގައި ގުރުއާން ކްލާހެއް ހިންގިކަން މިމިނިސްޓްރީއަށް އެގުނު ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުން އާސާރީ މިސްކިތެއްގެ ބޭރުގައި ރޯނުދަމައިގެން އެމީހުންގެ އެއްޗެހިވެސް ހިއްކަން އަޅާފައިވާއިރު، މިސްކިތު އެތެރޭގައި އެއްބަޔަކު ތުވާލި އަދެގެން އަނެއްބަޔަކު ތަންމަތި އަޅައިގެން އޮށޯވެގެން ތިއްބެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް