ads
އެކްސިޑެންޓުވެ ކާރުގެ ކުރީކޮޅު ހަލާކުވެފައި--
ހުޅުމާލޭގައި ދެ ކާރު ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭގައި ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ކާރަށް ވެސް ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

ރޭ ފަތިހު، 5:00 ހާއިރު ޕްރައިވެޓް ދެ ކާރު ޖެހި މި އެކްސިޑެންޓު ހިނގިއިރު އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. 

އެކްސިޑެންޓު ހިނގިއިރު އެއް ކާރުގައި ޑްރައިވަރުގެ އިތުރުން އިތުރު މީހަކު އިނެވެ. ނަމަވެސް އަނެއް ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ވެއެވެ. އެގޮތުން އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމެވެސް ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. 

ހުޅުމާލޭގައި އިމާރާތް ކުރާ ސިފައިންގެ ފްލެޓްތައް ކައިރީ މި އެކްސިޑެންޓު ހިނގިއިރު އެކްސިޑެންޓުވި ކާރުތައް މިހާރު ވަނީ އެމަގުން ނަގައި ސާފުކޮށްފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން އެއް ކާރުގައި އިން ޑްރައިވަރު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް