ads
ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްތައް މިއަދު
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅެވޭނެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ޕީކޭއެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅެވޭނެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ޕީކޭއެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ވެލެންސިޔާ ނުކުންނާނީ ޖޭޖޭ ސްޕޯޓްސްއާ ދެކޮޅަށެވެ.

ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލް ކުޅޭ މި މުބާރާތުގެ ފައިނަލުން މޮޅުވާ ޓީމަކަށް އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެއެވެ. ފައިނަލުން ބަލިވާ ޓީމެއް ޖެހޭނީ ދިވެހި ލީގުން ފުލަށްދާ ޓީމަކާއި އެކު ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ. 

މި ދެ ލެގުގެ އެގްރިގޭޓުން މޮޅުވާ ޓީމުވެސް އަންނަ ސީޒަންގައި ކުޅޭނީ އެއްވަނަ ޑިވިޝަންގައެވެ. ދިވެހި ލީގުގެ ފަހު ބުރު، މުބާރާތުގެ ގަވާއިދުގައި އޮތް ގޮތާއި ޚިލާފަށް އެފްއޭއެމުން ބަދަލުކޮށްފައިވާތީ ދިވެހި ލީގުގެ ފުލަށް ދިޔަ ޓީމުގެ ގޮތުގައި ޕްލޭ އޮފް ކުޅޭނީ ކޮން ބައެއްކަމެއް ސާފެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް