ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ރާއްޖެއިން ތެލުގެ އަގު ބޮޑުކުރި މިއީ ހަތަރުވަަނަ ފަހަރެވެ.
މިއަހަރު ފެށުނު އިރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11.16 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 11.84 ރުފިޔާގަ އެވެ.
އެންމެ ފަހުން މިދިޔަ މާޗު މަހު ތެލުގެ އަގުބޮޑުކުރިއިރު، އެފަހަރު، ފެޓްރޯލް ލީޓަރެއް 14.60 ރުފިޔާއަށް ވިއްކިއިރު، ޑީސަލް ލީޓަރެއް އުޅުނީ 14.80 ރުފިޔާ އަށެވެ.
ދުނިޔޭގެ ބާޒާރުގައި މިމަސް ފެށުނުއިރު، ހުސް ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 121 ޑޮލަރަށް އަރާފަ އެވެ.